ޔޫކޭ އީޔޫއިން ރަސްމީކޮށް ވަކިވެއްޖެ

އިނގިރޭސިލާތް، ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ރަސްމީކޮށް ވަކިވުމުގެ ކަންތައްތައް އެއްކޮށް ނިންމައި މިއަދު އެ ގައުމަށް އާ މިނިވަންކަމެއް ހޯދައިފި އެވެ.

އީޔޫއިން ޔޫކޭ ރަސްމީކޮށް މިދިޔަ އަހަރުގައި ވަކިވި ނަމަވެސް އިތުރު އާ އެއްބަސްވުންތަކެއް ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެއްކޮށް ވަކިވެފައި ނުވެއެވެ. އެހެންނަމަވެސް ވިޔަފާރިއާއި އިމިގްރޭޝަންގެ އާ އެއްބަސްވުންތަކެއް ހެދުމަށްޓަކައި ވަގުތު ހޭދަކުރުމަށްފަހު ވަނީ މިހާރު އެއްބަސްވުމަކަށް އަތުވެފައެވެ.

އީޔޫއިން ޔޫކޭ ވަކިވުމުން އެ ދެ ފަރާތުން ވިޔަފާރި ކުރާނެ ގޮތުގެ މަޝްވަރާތައް ކުރިއަށް ގެންދާތާ އެތައް މަހެއް ފަހުން އެކަމާ ބެހޭ އެއްބަސްވުމަކަށް އާދެވިއްޖެކަމަށް ޔޫކޭގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ މިދިޔަ މަހު 25ގައެވެ.

އެ އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތާއި އީޔޫއާ ދެމެދު އިމްޕޯޓް އެކްސްޕޯޓް ޓެކުހާ ނުލައި މުދަލުގެ ވިޔަފާރި ކުރެވޭނެ އެވެ. ނަމަވެސް ދެ ފަރާތުގެ ކަސްޓަމްސް ގަވާއިދުތަކާއި މިންގަނޑުތައް ތަފާތު ވުމުން، ދެ ފަރާތުގެ ބޯޑަރުގައި މުދާ ޗެކް ކުރާ މިންވަރު އިތުރު ވާނެ އެވެ. އަދި އިނގިރޭސި ރައްޔިތުންނަށް ޔޫރަޕްގައި އަދި ޔޫރަޕްގެ ރައްޔިތުންނަށް އިނގިރޭސިވިލާތުގައި ދިރިއުޅުމާއި އުނގެނުމާއި މަސައްކަތް ކުރުމާއި ވިޔަފާރިއެއް ފެށުމަށް އަމަލު ކުރަން ޖެހޭ ގަވާއިދުތައް އިތުރުވާނެ އެވެ.

ޔޫކޭ އެންމެ ފަހުން އީޔޫއިން ވަކިވުމުގެ ކަންތައް ނިމުމުން ގައުމަށް އިތުރު މިނިވަންކަމެއް ލިބިފައިވާ ކަމަށް އެގައުމުގެ ބޮޑު ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އެ މިނިވަން ކަން ބޭނުންކުރާނެ ގޮތެއް އެނގޭނީ ގައުމުގެ އެންމެނަށް ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޔޫއިން އީޔޫއާ ވަކިވުމުގެ މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރުގައެވެ. އަދި އެންމެ ފަހުން އެ މަސައްކަތް ނިމި ރަސްމީކޮށް ވަކިވެފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީގައެވެ.

comment ކޮމެންޓް