އެޕަލްގެ އޮތޮރައިޒްޑް ރީސެލާއަކަށް އެލް މޮބައިލް، އަގުތައް ހެޔޮވާނެ

އެޕަލްގެ އޮތޮރައިޒްޑް ރީސެލާއަކަށް އެލް މޮބައިލް ހަމަޖެއްސުން-- ސަން ފޮޓޯ/ އަހްމަދު މިޒްޔާލް

އެޕަލްގެ ރާއްޖޭގެ އޮތޮރައިޒްޑް ރީސެލާއަކަށް އެލް މޮބައިލް ހަމަޖައްސައިފި އެވެ.

މިކަން އިއުލާނުކުރީ އެލް މޮބައިލް-2 ފިހާރައިގައި ރޭ ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.

އެޕަލްގެ އޮތޮރައިޒްޑް ރީސެލާއަކަށް އެލް މޮބައިލް ހަމަޖެއްސުން-- ސަން ފޮޓޯ/ އަހްމަދު މިޒްޔާލް


އެ ހަފްލާގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން އެލް މޮބައިލް ކުންފުނީގެ ޑައިރެކްޓަރު ހުސައިން އަބްދުﷲ ވިދާޅުވީ އޮތޮރައިޒްޑް ރީސެލާއަކަށް ވުމުން އެލް މޮބައިލްއިން އެޕަލް ޕްރޮޑަކްޓްތައް ވިއްކާ އަގުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

"ޖުމުލަކޮށް އަގުތައް ކުޑަވާނެ. ކުރިން އެކިއެކި މާކެޓުތަކުން ސްޓޮކް ގެންނަނީ. އޮތޮރައިޒްޑް ރީސެލާއަށް ބަދަލުވީމަ އެޕަލްއިން ޑައިރެކްޓްކޮށް އަޅުގަނޑުމެންނަށް ސްޓޮކް ލިބޭނެ. އަގުތައް ރަނގަޅުވާނެ އެހެންވީމަ." ހުސައިން ވިދާޅުވި އެވެ.

މީގެ އިތުރުން އެޕަލްއިން އާ އުފެއްދުންތައް ތައާރަފުކުރާއިރު، ކަނޑައަޅާ ވަކި ތާރީހެއްގައި ރާއްޖޭގައި ވެސް ލޯންޗުކުރާނެ ކަމަށް ހުސައިން ވިދާޅުވި އެވެ.

އެޕަލްގެ އޮތޮރައިޒްޑް ރީސެލާއަކަށް އެލް މޮބައިލް ހަމަޖެއްސުން-- ސަން ފޮޓޯ/ އަހްމަދު މިޒްޔާލް

"އެޕަލްއިން ނިއު ޕްރޮޑަކްޓްތައް އެކި ގައުމުތަކުގައި ރިލީސް ކުރަނީ އެކި ތާރީހުތަކުގައި. މާ ބޮޑު ގެޕެއް ނީންނާނެ. ރާއްޖެއަށް ވަކި ތާރީހެއް އޮންނާނެ. އެ ތާރީހަށް އަޅުގަނޑުމެން އެ ޕްރޮޑަކްޓެއް ފޯރުކޮށްދޭނަން. އަދި ކުރީބައިގައި އެނގޭނެ އެއީ ސީދާ ކޮން ތާރީހެއްކަން." އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެޕަލްގެ އޮތޮރައިޒްޑް ރީސެލާއަކަށް ވުމުން އެލް މޮބައިލްއިން ވިއްކާ އެޕަލްގެ ހުރިހާ ޕްރޮޑަކްޓްތަކަކީވެސް އޮރިޖިނަލް އެޕަލް ޕްރޮޑަކްޓްތައް ކަން ކަސްޓަމަރުންނަށް ކަށަވަރުވެގެންދާނެ ކަމަށް ހުސައިން ވިދާޅުވި އެވެ.

އެޕަލްގެ އޮތޮރައިޒްޑް ރީސެލާއަކަށް އެލް މޮބައިލް ހަމަޖެއްސުން-- ސަން ފޮޓޯ/ އަހްމަދު މިޒްޔާލް

ހަމައެއާއެކު އެލްއިން ވިއްކާ އެޕަލް ޕްރޮޑަކްޓްތަކަށް އެޕަލް ކުންފުނިން ވޮރެންޓީ ދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް