ފުވައްމުލަކު ރިންގްރޯޑު މަޝްރޫއު ނިންމާލައިފި

ފުވައްމުލަކު ރިންގް ރޯޑު: އެ މަގު ތަރައްގީ ކުރުމުގެ މަސައްކަތް އިއްޔެ ވަނީ ނިންމާލާފައި -- ފޮޓޯ/ އެމްޓީސީސީ

ފުވައްމުލައް ސިޓީގެ ވަށައިގެން ރިންގު ރޯޑު ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމާލައިފި އެވެ.

ފުވައްމުލަކު ރިންގް ރޯޑު ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލު ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު ހަވާލު ކުރި އެ މަސައްކަތް އެ ކުންފުނިން ވަނީ މިދިޔަ ބުދަ ދުވަހު ނިންމާލައިފަ އެވެ.

ފުވައްމުލަކު ރިންގް ރޯޑު: އެ މަގު ތަރައްގީ ކުރުމުގެ މަސައްކަތް އިއްޔެ ވަނީ ނިންމާލާފައި -- ފޮޓޯ/ އެމްޓީސީސީ

އެ މަޝްރޫއުގެ ދަށުން މަގުގެ 2.7 ކިލޯމީޓަރު ސަރަހައްދުގައި ތާރުއަޅާފައިވެ އެވެ. އެއީ 20،650 އަކަމީޓަރުގެ ސަރަހައްދެކެވެ. އޭގެ އިތުރުން، މަގުތަކުގައި ބައްތި ޖަހައި 2950 މީޓަރުގެ ޕޭމަންޓު އަޅާފައިވެ އެވެ.

ސަރުކާރުން 32,042,893.7 ރުފިޔާ ހަރަދުކޮށްގެން ހިންގި މި މަޝްރޫއަކީ 240 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަޝްރޫއެކެވެ.

comment ކޮމެންޓް