ކުޅުދުއްފުށީގައި ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

ހދ. ކުޅުދުއްފުށި ބަނދަރު ސަރަހައްދު --- ފޮޓޯ: ކުޅުދުއްފުށި.ކޮމް

ހދ. ކުޅުދުއްފުށީގައި މިއަދު މެންދުރު ހިނގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ، ކުޅުދުއްފުށީ ބަނދަރު ސަރަހައްދުގައި ދެ ބައެއްގެ މެދުގައި މާރާމާރީއެއް ހިނގާފައިވާ މައްސަލަ މިއަދު މެންދުރު 14:30 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެގެން ފަރުވާދޭން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.

އަދި އެ މައްސަލައާ ގުޅިގެން 27 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް