ފޭސް ޓޫގައި ކާރެއް ހޮޅިދަނޑިއެއްގައި ޖެހި، ކޮންޓްރޯލުން ނައްޓާލައި އެކްސިޑެންޓެއް ހިނގައިފި

މިއަދު މެންދުރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ކާރު އެކްސިޑެންޓުވެފައި އޮތްތަން -- ސަން ފޮޓޯ/ އިބްރާހިމް އިފާޒް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ހޮޅިދަނޑިއެއްގައި ޖެހި ކޮންޓްރޯލުން ނައްޓާލައި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން މިއަދު ބުނީ، ހުޅުމާލޭ ފޭސްޓޫގެ، ނިރޮޅުމަގާވީ ދިމާލުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ހޮޅިދަނޑިއެއްގައި ޖެހި ކޮންޓްރޯލު ނުވެ، ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހިފައިވާ ކަމަށެވެ. އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 12:38 އެހާކަންހާއިރެވެ.

އެ އެކްސިޓެންޑުގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައި ނުވެ އެވެ. އެެހެންނަމަވެސް، ދެ ކާރަށްވެސް ވަނީ އެކިވަރުގެ ގެއްލުންވެފަ އެވެ.

ފުލުހުން ބުނި ގޮތުގައި ބާރު ސްޕީޑުގައި ކާރު ދުއްވީ، ލައިސެންސް ނެތް އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް