އައިޖީއެމްއެޗުގެ އިސް މަގާމުތަކަށް ބަދަލު ގެނެސްފި

އައިޖީއެމްއެޗުގެ އާ މެޑިކަލް އެކްސްކޯ -- ފޮޓޯ/ އައިޖީއެމްއެޗް

އައިޖީއެމްއެޗުގެ އިސް މަގާމުތަކަށް ބަދަލު ގެނެސްފިއެވެ.

އެ ހޮސްޕިޓަލުން ބުނީ ހޮސްޕިޓަލުގެ ޑިރެކްޓާ އޮފް މެޑިކަލް ސާވިސަސްގެ މަގާމުގައި ހުންނެވި ޑރ. އަލީ ނަޒީމްގެ ދައުރު ހަމަވުމާ ގުޅިގެން، އެ މަގާމަށް އައިޖީއެމްއެޗުގެ ސީނިއާ ކޮންސަލްޓެންޓް އިން އޯތޯޕީޑިކްސް ޑރ. ޔޫސުފް ޝާން އައްޔަނު ކޮށްފައިވާ ކަމަށެވެ. މިއާއެކު ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން އެ މަގާމު އަދާކުރައްވާނީ ޑރ. ޝާން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. ޑރ. ޝާންގެ މަގާމުގެ ދައުރުގެ މުއްދަތަކީ ތިން އަހަރެވެ.

މީގެ އިތުރުން އައިޖީއެމްއެޗުގެ މެޑިކަލް އެގްޒެކެޓިވް ކޮމެޓީގެ މެންބަރުންގެ އަދަދު ހަތަކުން 11 އަށް ވަނީ އިތުރުކޮށްފައެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ،

  1. ޑރ. ޔޫސުފް ޝާން
  2. ޑރ. އަލީ ނަޒީމް
  3. ޑރ. މުހައްމަދު އަސީލް ޖަލީލް
  4. ޑރ. އަލީ އަބްދުﷲ ލަތީފް
  5. ޑރ. މޫސާ ހުސައިން
  6. ޑރ. ނިޔާޝާ އިބްރާހިމް މުހައްމަދު
  7. ޑރ. މިލްޒާ އަބްދުލް މުހުސިން
  8. ޑރ. އަބްދުﷲ އުބައިދު
  9. ޑރ. މުހައްމަދު ޝިފާން
  10. ޑރ. އިބްރާހިމް ޝިހާމް
  11. ޑރ. އައިމިނަތު ނަޒީރު

މީގެ އިތުރުން އެ ހޮސްޕިޓަލުގެ ޑިޕާޓްމެންޓުތަކުގެ އެޗްއޯޑީންވެސް ބަދަލުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އައިޖީއެމްއެޗުގެ ޑިޕާޓްމެންޓު ތަކުގެ އެޗްއޯޑީންގެ މަގާމުގެ މުއްދަތަކީ ދެ އަހަރު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގެ އިސް މަގާމުތަކަށް ގެނައި ބަދަލާއެކު އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާވާނެ ކަމަށެވެ.

comment ކޮމެންޓް