ހަތް މީހަކު ޕޮޒިޓިވްވެ، ނިޔާމަ ރިސޯޓަށް އަރާ ފޭބުން މަނާކޮށްފި

ނިޔާމަ ރިސޯޓު

ނިޔާމަ ރިސޯޓުން ހަތް މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެ ރަށަށް އަރާ ފޭބުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

މިރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކޮވިޑް ކޭސްތައް ފެނިގެން ނިޔާމަ ރިސޯޓު މޮނިޓަރިން ހާލަތައް ގެނައީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

"އެރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދެ ޓޫރިސްޓުންނާއި ފަސް މުވައްޒަފުން ހިމެނޭ،" ނަޒްލާ ވިދާޅުވި އެވެ.

އޭގެ ތެރެއިން ޓޫރިސްޓޫންނާއި ތިން މުވައްޒަފުން ކޮވިޑަށް ޓެސްޓުކުރީ ބަލީގެ އަލާމަތްތައް ފެނިގެން ކަމަށް ނަޒްލާ ވިދާޅުވިއެވެ. ދެން ފޮޒިޓިވްވި ދެ މުވައްޒަފުންނަކީ ކޮންޓެކްޓުން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ، މިހާތަނަށް ޖުމްލަ 17 ސާމްޕަލްއެއް ނަގާފައިވާ ކަމަށެވެ.

"ރިސޯޓު މޮނީޓަރިންނަށްލުމުން ސްޕްލިޓް ސްޓޭ ހެދުމާއި ސްޓާފުން އެކިތަންތަނަ ދިޔުން މިވަގުތަށް ވަނީ ހުއްޓިފައި،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ، ދ. އަތޮޅު ހޮސްޕޮޓަލުގެ ޓީމަކުން މާދަމާ އެ ރިސޯޓުން ރޭންޑޮމް ސާމްޕަލްތައް ނަގާނެ ކަމަށެވެ.

މިއަދު ރާއްޖެއިން 47 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، 15 މީހަކު ޕޮޒިޓިވްވީ ރިސޯޓުތަކުންނެވެ.

comment ކޮމެންޓް