އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދޭނެ، ގަޑިތައް އާންމުކޮށްފި

ފެމެލީ ކޯޓު

އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނިކޮށްދޭގޮތަށް ހަމަޖައްސައި، ކައިވެނިކޮށްދޭނެ ގަޑިތައް އާންމުކޮށްފިއެވެ.

ރަސްމީ ގަޑީގައި ފެމިލީ ކޯޓުން ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން 11:30 އަށެވެ. އަދި މެންދުރުފަހު:13:00 އިން 13:45 އަށެވެ.

ނުރަސްމީ ގަޑީގައި ކައިވެނިކޮށްދޭނީ 16:00 އިން 21:30 އަށެވެ.

ކޯޓުން ބޭރުގައި ކައިވެނިކޮށްދޭން ހަމަޖެހިފައިވާ ގަޑިތައް ވެސް ވަނީ އިއުލާނުކޮށްފައެވެ. އަންނަ އަހަރުގެ އޭޕްރީލް 13 އިން މެއި 19 އަށް ކޯޓުން ބޭރުގައި ކައިވެނިކޮށްދޭނީ ރޭގަނޑު 21:45 އިން 22:45 އަށެވެ.

އަދި ޖުލައި 16 އިން ޖުލައި 27 އަށް ކޯޓުން ބޭރުގައި ކައިވެނިކޮށްދޭނީ ރޭގަނޑު 20:00 އިން 21:30 އަށެވެ.

އެހެން ހުރިހާ ދުވަހެއްގައި ވެސް 16:00 އިން 21:30 އަށް ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނެއެވެ.

ފެމެލީ ކޯޓުން ކުރި އިއުލާނެއްގައި ބުނީ ރަމަޟާން މަހު ރަސްމީގަޑީގައި ކައިވެނިކޮށްދޭނެ ގަޑިތައް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމާއެކު ކޯޓުން ބޭރުގައި އަދި ކޯޓުގައި ކައިވެނިކޮށްދިނުން މެދުކަނޑާލާފައި އޮތުމަށްފަހު ކުރިއެކޭ ވެސް އެއްގޮތަށް އަނެއްކާވެސް ކޯޓާއި ކޯޓުން ބޭރުގައި ކައިވެނިކޮށްދޭން ފެށީ ޑިސެމްބަރު މަހުއެވެ.

comment ކޮމެންޓް