މާދަމާ އިން ފެށިގެން އަންނަ މަހުގެ 2 އަށް އެމްއައިބީ ބަންދު

އެމްއައިބީ ހެޑް އޮފީސް -- ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މި އަހަރު ހިދުމަތްދޭނެ އެންމެ ފަހު ދުވަހަކީ މިއަދު ކަމަށް އެ ބޭންކުން ބުނެފިއެވެ.

އެމްއައިބީ އިން ބުނީ މި އަހަރު ބޭންކުން ހިދުމަތް ދޭނެ އެންމެ ފަހު ދުވަހަކީ މިއަދު ކަމަށާއި މާދަމާ އިން ފެށިގެން 2021 ޖެނުއަރީ ދޭއްގެ ނިޔަލަށް ބޭންކު ބަންދު ވާނެ ކަމަށެވެ.

ދެން އެމްއައިބީގެ ހިދުމަތް ދޭން ފަށާނީ ޖެނުއަރީ ތިނެއް 2021 ވާ އާދިއްތަ ދުވަހު ކަމަށް އެ ބޭންކުން ބުންޏެވެ.

ކޮންމެ އަހަރަކު ވެސް ބޭންކުތަކުގެ އޮޑިޓް މަސައްކަތް ކުރުމަށް އަހަރު ނިމުމާ ދިމާކޮށް ބޭންކުތަކުގެ ހިދުމަތް މެދުކަނޑާލަ އެވެ.

comment ކޮމެންޓް