ހޮލީވުޑްގެ މަޝްހޫރު ތަރި އެމާ ރޮބާޓްސް 29، ވިހައިފިއެވެ.
އާދިއްތަ ދުވަހު އެމާ ވިހޭއިރު އޭނާއަށް ލިބުނީ ފިރިހެން ކުއްޖެކެވެ. ރޯޑްސްގެ ނަމުން ނަންދިން އެ ދަރިފުޅުގެ ހާލުވެސް އަދި އެމާގެ ހާލުވެސް ރަނގަޅުކަމަށް ޚަބަރުތައް ބުނެއެވެ.
ވިހޭއިރު ދަރިފުޅުގެ ގައިގައި ތިން ކިލޯ ހުއްޓެވެ. އެމާ އާއި އޭނާގެ ލޯބިވެރިޔާ ގެރެޓް ހެލްޑަންސް ގުޅުނީ މިދިޔަ އަހަރު މާޗު މަހު ހިސާބު އެވެ. މިއީ ދެމީހުން ފުރަތަމަ ދަރިފުޅެވެ. އެމާ ވިހެއުމާއެކު ގިނަ ފޭނުންނެއް އޭނާ އަށް މަރުހަބާ ކިޔަމުން އަންނައިރު ގިނަ ސެލެބްރިޓީސް ވެސް އަންނަނީ އެމާ އަށް މަރުހަބާ ކިޔަމުންނެވެ.
ބަތަލާ މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އެމެރިކަން ހޮރޯ ސްޓޯރީގެ އެކްޓަރު އީވަން ޕީޓާ އާ އެވެ.