ރާއްޖެއަށް އަނެއްކާވެެސް ޓޫރިޒަމްގެ ޝަރަފުވެރި އެވޯޑެއް

ވީއައިއޭ ގައި ފަތުރުވެރިންތަކެއް --- ސަން ފޮޓޯ : އިބްރާހިމް އިފާޒް

ޓޫރިޒަމް ދާއިރާގައި ދޭ ޝަރަފުވެރި އެވޯޑެއް އަނެއްކާވެސް ރާއްޖެއަށް ލިބިއްޖެއެވެ.

ކޭއެސްއޭ ޓޫރިޒަމް މާކެޓިން އެންޑް ޕީއާރު ކޮމްޕެނީ އިން ބާއްވާ އިންޓަނޭޝަނަލް ޓްރެވަލް އެވޯޑްސްގެ 2020 ވަނަ އަހަރުގެ ބެސްޓް އިންޓަނޭޝަނަލް އައިލެންޑް ހޮލިޑޭ ޑެސްޓިނޭޝަންގެ އެވޯޑު ލިބިފައިވަނީ ރާއްޖެއަށެވެ.

މި އެވޯޑު ދެނީ ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ޓްރެވެލާސް އަދި ގެސްޓުންގެ ވޯޓަށް ބަލައިފައެވެ. އެވޯޑު ލިބޭ ޑޭސްޓިނޭޝަންތަކަށް، އެ ޑެސްޓިނޭޝަނެއް ދުނިޔޭގައި މާކެޓު ކުރުމުގެ ގިނަ ފުރުސަތުތަކެއް ލިބެއެވެ.

ކޮވިޑު19ގެ ސަބަބުން ޓޫރިޒަމް ދާއިރާއއަށް މި އަހަރު އައި ހީނަރުކަމާއެކުވެސް، ރާއްޖެއަށް ދަނީ އިންޑަސްޓްރީގައި ފަހަގަކޮށްލެވޭ ގިނަ ކާމިޔާބީތައް ލިބެމުންނެވެ. އެގޮތުން ވޯލްޑް ޓްރެވަލް އެވޯޑްސްގެ ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑުވެސް މި އަހަރު ރާއްޖެއަށް ވަނީ ލިބިފައެވެ. މީގެ އިތުރުން ވޯލްޑް ޓްރެވަލް އެވޯޑްސްގެ ފާހަގަކޮށްލެވޭ ގިނަ އެވޯޑުތައް ރާއްޖެއަށާއި ރާއްޖޭގެ ރިސޯޓުތަކަށް މި އަހަރުވެސް ވަނީ ލިބިފައެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކޮށް މާކެޓު ކުރުމަށް އެމްއެމްޕީއާރުސީ އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވިޒިޓް މޯލްޑިވްސްގެ ދަށުން ޕޮޓެންޝިއަލް މާކެޓުތަކަށް ރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދެއެވެ.

comment ކޮމެންޓް