މި މަހުގެ 31 އިން އަންނަ މަހުގެ ތިނަކަށް ބީއެމްއެލް ބަންދު

ބީއެމްއެލްގެ މެއިން ބްރާންޗް-- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްއިން މިއަހަރު ހިދުމަތްދޭ އެންމެ ފަހު ދުވަހަކީ މިމަހުގެ 30 ވާ ބުދަ ދުވަސް ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްއިން ބުނީ މި މަހުގެ 31 ވަނަ ދުވަހު އެ ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ބަންދުކުރާނެ ކަމަށެވެ. އަދި އަލުން ހުޅުވާނީ ޖެނުއަރީ ތިނެއްވާ އާދީއްތަ ދުވަސް ކަމަށް އެ ބޭންކުން ބުނެ އެވެ.

ކޮންމެ އަހަރަކު ވެސް ބޭންކުތަކުގެ އޮޑިޓް މަސައްކަތް ކުރުމަށް އަހަރު ނިމުމާ ދިމާކޮށް ބޭންކުތަކުގެ ހިދުމަތް މެދުކަނޑާލަ އެވެ.

ބީއެމްއެލް އިން ބުނީ މި މުއްދަތުގައި ބީއެމްއެލްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ބަންދުކުރި ނަމަވެސް، ސެލްފް ސާވިސް އޭޓީއެމްތަކުން ބޭންކިން ހިދުމަތް ލިބޭނެ ކަމަށެވެ.

ހަމައެއާއެކު ކޮންޓެކްޓް ސެންޓަރުގެ ނަންބަރު 3330200 އަށް ގުޅައިގެން ބީއެމްއެލްއާ މުއާމަލާތު ކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

comment ކޮމެންޓް