ޓްރީ ޓޮޕް ހޮސްޕިޓަލުގެ ވެކްސިން ހިދުމަތް ފުރިހަމަ

ޓްރީ ޓޮޕް ހޮސްޕިޓަލުން ކުޑަކުއްޖަކަށް ވެކްސިން ދެނީ-- ފޮޓޯ/ޓްރީ ޓޮޕް

ގަވާއިދުން ވެކްސިން ޖެހުމަކީ ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށާއި ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ވެކިސޭޝަން ހިދުމަތް-- ފޮޓޯ/ޓްރީ ޓޮޕް

ތުއްތު ކުދިން ހެދިބޮޑުވުމުގައި ޖަހަންޖެހޭ ޒަރޫރީ ވެކްސިން އަދި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް އިހްތިޔާރީ ވެކްސިން އަދި ފްލޫ ވެކްސިން ޖެހުމުގެ ހިދުމަތް ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ކުޑަކުއްޖަކަށް ވެކްސިން ދެނީ-- ފޮޓޯ/ޓްރީ ޓޮޕް

ވެކްސިން ޖެހުމުގެ އިތުރުން ވެކްސިނޭޝަން ކްލިނިކުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި އާންމު ބަލިތަކާ ގުޅޭ ޑޮކްޓަރަށް ދައްކައި، ބޭނުންވާ ވެކްސިނަކާ ގުޅޭ މައުލޫމާތު ހޯދުމާއި ހެދިބޮޑުވާ މިންވަރު ބެލުމާއި ވައިޓަލްސް ބެލުން ހިމެނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ވެކިސޭޝަން ހިދުމަތް-- ފޮޓޯ/ޓްރީ ޓޮޕް

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ވެކްސިން ޖެހުމުގެ ހިދުމަތް ލިބޭނީ އެ ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ޑައިގްނޯސްޓިކް ޑިޕާޓްމަންޓް އަދި ވެކްސިނޭޝަން ކްލިނިކުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ވެކިސޭޝަން ހިދުމަތް-- ފޮޓޯ/ޓްރީ ޓޮޕް

ވެކްސިނޭޝަންއަށް އެޕޮއިންޓްމަންޓް ހޯއްދެވުމަށް ޓްރީ ޓޮޕް ހޮސްޕިޓަލްގެ ނަންބަރު 3351610 އަށް ގުޅާލާށެވެ.

comment ކޮމެންޓް