ޓީވީ ސްކްރީން ހިރަފުހުން ފުރިފައި، އަވަހަށް ސާފުކޮށްލާ!

ޓީވީ ސްކްރީން ސާފުކުރަނީ---

ހިރަފުހަކީ މިއަދު އަހަރެމެންގެ ދިރިއުޅުމުގައި ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު 'އުނދަގުލަށް' ނޫނީ ނުވާނެ އެވެ. ގޭތެރޭގައި ހުންނަ އެއްވެސް ފަރުނީޗަރަކަށް މިއަކުން ސަލާމަތެއް ނެތެވެ. ގޮނޑި، މޭޒާއި ކަބަޑުތަކާއި، ހެދުން އަލަމާރިވެސް ހަމަ ހިރަފުސްވަނީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ނުވިތާކަށް ސީލިންގުގައި ހަރުކޮށްފައި ހުރި ފަންކާހާއި، ކުރިމަތީހުރި ޓީވީ ގަނޑުވެސް ހަމަ އެއް ހާލެއްގަ އެވެ. އެކި ޒާތްޒާތުގެ ތަކެތި މިތަންތަން ސާފުކުރުމަށް ބޭނުންކުރެވޭއިރު އެންމެ ބޮދު ސުވާލަކީ ހިރަފުސްވެ އަދި އެނޫން ގޮތްގޮތުންވެސް ޓީވީ ސްކްރީން ހަޑިވުމުން ސާފުކުރާނީ ކިހިނެއްބާވައެވެ.

މިކަމުގައި އެންމެ ބޮޑު އެހީތެރިއަކީީ އެމީހެއް ގެންގުޅޭ ޓީވީގެ މެނުއަލް އެވެ. އެ ޓީވީއަކާއި ބެހޭ ހުރިހާ ވާހަކައެއް، ދިމާވެދާނެ ކޮންމެ މައްސަލައެއް، ސަމާލުކަންދޭންޖެހޭ ހުރިހާ ނުކުތާއެއް އެ ކުޑަ އެހެންނަމަވެސް މުހިންމު ކަރުދާހުގައި ވާނެ އެވެ. ނަމަވެސް އެންމެންވެސް ދަންނަ އެއްކަމަކީ ޓީވީ ގަންނަތާ ދުވަސްކޮޅެއްފަހުން މި މެނުއަލީ ގޭތެރެއިން ފަސޭހަ ގޮތަކަށް ހޯދުމަކީ ހަމަ ވުން ނާދިރު ކަމެކެވެ.

ހާސްނުވާށެވެ. މި ކިޔައިދެނީ ތިޔަ ގެތަކުގެ ޓީވީ ފްލެޓް ސްކްރީންތައް ސާފުކުރަންވީ ގޮތެވެ.

1. ޓީވީ ނިއްވާ ރަނގަޅަށް ކަރަންޓު ކަނޑާލާ

ޓީީވީ ސާފުކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ޓީވީ ނިއްވާލާ ކަރަންޓުވެސް ކަނޑާލުމެވެ. މިފަދައިން އަމަލުކުރަންވީ ދެތިން ސަބަބެއްވެސް އެބައޮތެވެ. ފުރަތަމަ ސަބަބަކީ މިއީ އެންމެ ރައްކާތެރި ގޮތަށްވުމެވެ. އަދި ދެވަނަ ކަމަކަށް ޓީވީ ނިއްވާލުމުން، ސްކްރީނުގައި ހުންނަ ހިރަފުހާއި އެހެނިހެން މިލަތައް ފަސޭހައިން ފެންނާނެ އެވެ. އަދި ހަމައެޔާއެކު ކަރަންޓު ކަނޑާލުމުން ޓީވީގެ ހޫނުކަން ކެނޑި ސާފުކުރަންވެސް އިތުރަށް ފަސޭހަަވެގެންދާނެ އެވެ.

2. މައިކްރޯ ފައިބާ ފޮތިކޮޅެއް ހާކަންވީ ވަށްބުރުތަކެއް ހެން

ދެން މިއޮތީ އެންމެ މުހިންމު ހިސާބަށް އާދެވިފައެވެ. ޓީވީ ސްކްރީން ސާފުކުރަން ބޭނުންވާނީ އެއްވެސް ތެތްކަމެއް ނެތް، މައިކްރޯ ފައިބާ ކްލޯތެވެ. މިއީ މިހާރު މާލޭގެ ގިނަ ފިހާރަތަކުން ފަސޭހައިން ލިބެން ހުންނަ ފޮތިކޮޅެކެވެ. ބައެއްފަހަރު ޓީވީ ގަންނައިރު ޓީވީއާއި އެކުވެސް ފޮތިކޮޅެއް ލިބިދާނެ އެވެ. އިތުރު އެހެން އޮޕްޝަންއެއްގެ ގޮތުގައި ނަންބަރު އައިނާއި، ކެމެރާ ލެންސްތައް ފަދަ ތަކެތި ފޮހެން ގެންގުޅޭ އެންޓި ސްޓެޓިކް މައިކްރީ ފައިބާ ފޮތިވެސް ބޭނުންކުރެވިދާނެ އެވެ. ހަނދާނުގައި ބަހައްޓަންވީ މާ ޒާތްޒާތުގެ ފޮއްޗާއި، އެއްވެސް ވައްތަރެއްގެ ޓިޝޫއާއި ބޭނުންނުކުރުމެވެ. ފަހަރެއްގައި ބޭނުންކުރެވޭ އެއްޗެއްގެ ގޮތުން ސްކްރީނުގައި ކޫރުން އެޅުމަކީވެސް ހަމަ އެކަށީގެންވާ ކަމެކެވެ. ހަމައެޔާއެކު، އެއްވެސް ވަރަކަށް ތެތްކަމެއް ނެތް ފޮއްޗަކުން ވައްބުރުތަކެއްހެން ސްކްރީނުގައި ހާކަންވާނީ ވަރަށް މަޑުމަޑުންނެވެ. ނޫންނަމަ، ސްކްރީނަށް ގެއްލުންވެދާނެ އެވެ

ބައެއްފަހަރު ގޭތެރޭގައި މިހެން ހޭލަމޭލަ ވެގެން އުޅޭއިރު، ޓީވީ ސްކްރީނަށް ކޮންމެވެސް އެއްޗެއް އެޅި ނުވަތަ ޖެހޭ ގޮތްވެދާނެ އެވެ. މިފަދަ ލައްތައް ފަހަރެއްގައި ހިރަފުސްހާ ފަސޭހައިން ނުގޮސްދާނެ އެވެ. އެހެންވެއްޖެ ނަމަ ފޮތިކޮޅު ކުޑަ ފެންފޮދަކުން ތެތްކޮށްލާށެވެ. ނަމަނަމަ އެއްވެސް ކަހަލަ ސްޕްރޭއެއް ނުވަތަ ފެންވެސް ސްކްރީނަށް ޖަހައިގެން ނުވާނެ އެވެ. ޓީވީތަކަށް ބޭނުންކުރަން އެކަށޭނަ ސްޕްރޭއެއްނަމަވެސް ޖަހަންވާނީ ފޮތިކޮޅަށެވެ. ނޫނީ ސްކްރީންގެ ވަށައިގެންވާ ސީލްގެ ތެރެއަށް އެ އެއްޗެއް ފޯރައި އިލްކްޓްރޯނިކްސް ހަލާކުވެދާނެ އެވެ.

3. ޓީވީ ސްކްރީނު ސާފުވުމުން އަދި ނުނިމޭ

ހަމައެޔާއެކު، ހަފްތާއަކު އެއްފަހަރުހެން ފޮތިކޮޅަކުން ސްކްރީން ސާފުކުރަން ސަމާލުކަންދޭންޖެހޭއިރު، ޓީވީގެ ފަހަތްވެސް ރަނގަޅަށް ފޮތިކޮޅަކުން ސާފުކޮށް ފޮޅައި ހެދުމަކީ ހިރަފުހުން ރައްކާތެރިވުމަށް ކުރެވިދާނެ ކަމެކެވެ. ބައެއް ވެކިއުމް ކްލީނަރު ތަކުގެ މަޑު ބުރުހާއި، ލޯ ސަކްޝަން ބޭނުންކޮށްގެންވެސް ޓީވީގެ ފަހަތް ސާފުކުރެވިދާނެ އެވެ. މީގެއިތުރުން ރިމޯޓާއި ސްޕީކަރުތަކަކީވެސް ހަމަ އެހާމެ ފަރުވާތެރިކަމާއިއެކު ބެލެހެއްޓި ސާފުތާހިރު އަދި ގިނަ ދުވަހަށް ހެޔޮގޮތުގައި ގެންގުޅެވޭނެ އެއްޗިއްސަށް ހެދުމަށްވެސް ސަމާލުކަންދޭން ޖެހެއެވެ.

comment ކޮމެންޓް