ޔޫކްރެއިންގެ ދެ އެއާލައިނަކުން ރާއްޖެއަށް ދަތުރު ފަށައިފިި

އަޒުރް އެއާ ޔޫކްރެއިން އިން ރާއްޖެއަށް ދަތުރު ފެށުން -- ފޮޓޯ: ވީއައިއޭ

ޔޫކްރެއިންގެ ދެ އެއާލައިނަކުން ރާއްޖެއަށް ޗާޓާޑް ދަތުރުތައް ފަށައިފިއެވެ.

ޔޫކްރެއިންގެ ގައުމީ އެއާލައިން، ޔޫކްރެއިން އިންޓަނޭޝަނަލް އެއާލައިންސް އާއި އަޒުރް އެއާ ޔޫކްރެއިންގެ ދަތުރުތައް ރާއްޖެއަށް ފެށިއިރު، ޔޫކްރެއިން އަކީ ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

މިމަހުގެ 26ގެ ނިޔަލަށް 5,038 ޓޫރިސްޓުން ޔޫކްރެއިން އިން އައިސްފައި ވެއެވެ.

ޔޫކްރެއިން އިންޓަނޭޝަނަލް އެއާލައިނުން ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުގައި 277 މީހުން އައި އިރު، އަޒުރް އެއާ ޔޫކްރެއިންގެ ފުރަތަމަ ފްލައިޓުގައި 311 ފަސިންޖަރުން އައިސްފައި ވެއެވެ.

އަޒުރް އެއާ ޔޫކްރެއިން އިން އަންނަ މާޗުގެ ނިޔަލަށް ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ރާއްޖެއަށް ދަތުރު ކުރާނެއެވެ.

ޔޫކްރެއިން އަކީ ރަޝިއާ ސަރަހައްދުގައި އޮންނަ ގައުމަކަށް ވާއިރު، އެ ސަރަހައްދުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މި އަހަރު ރާއްޖޭގެ ޓޮޕް މާކެތުގެ ގޮތުގައި އޮތީ ރަޝިއާ މާކެޓެވެ.

އިއްޔެގެ ނިޔަލަށް މި އަހަރު ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ ޖުމްލަ އަކީ 536,250 އެވެ. ބޯޑަރު ހުޅުވާލިފަހުން 153,403 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެއެވެ.

comment ކޮމެންޓް