ދިރާގު ކޮމްބޯ ޕްލޭންތައް ވަރަށް ސަޅި

ހުރިހާ އެންމެން އަބަދު ކަނެކްޓް ވެފައި ހުރުމަށް ބޭނުންވާ ދުވަސްވަރެއްގައި މޯބައިލް ޑޭޓާ އާއި ފްރީ ކޯލް އަދި ޓެކްސްޓް ފަދަ ތަކެތި ވަރަށް މުހިއްމެވެ. ފޯނުން ހުރިހާ ކަމެއް ކުރެވޭއިރު ގިނަ އުނދަގުލަކާ ނުލައި ފަސޭހަވާ ފަދަ މޯބައިލް ޕްލޭންތަކެއް ލިބުމަކީ އިންޓަނެޓާއި ކަނެކްޓިވިޓީއަށް ފައިދާހުރި ކަމެކެވެ. އެހެންކަމުން ދިރާގުން ތައާރަފުކޮށްފައިވާ ޕްރިޕެއިޑް ކޮމްބޯ ޕްލޭންތަކަކީ އެކަމަށް އެންމެ ސަޅި އެކައްޗެވެ.

ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވޮއިސް، އެސްއެމްއެސް އަދި ޑޭޓާ، ހަމަ އެންމެ ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭ ހާއްސަ ޕްލޭނެއް ވަނީ ދިރާގުން ދާދި ފަހުން ތައާރަފުކޮށްފައެވެ. މީގެކުރީން ޕޯސްޓްޕެއިޑްގައި ލިބޭ ފަދަ ކޮމްބޯގޮތަށް އަލަށް ތައާރަފުކުރި ކޮމްބޯތަކުން ޕްރިޕެއިޑުންވެސް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެކަން އެނގޭ ހެއްޔެވެ؟

މިހާރު ޑޭޓާ އާއި ކޯލް މިނެޓް އަދި ހިލޭ ޓެކްސްޓްތައް ވަކި ވަކީން އެކްޓިވޭޓް ކުރާކަށް ނުޖެހޭނެއެވެ. އެގޮތުން ދިރާގުން ވަނީ ހުރިހާ ބަޖެޓެއްގެ ފަރާތްތަކަށް އަމާޒުކޮށް ތަފާތު ހަ ޕްލޭނެއް އެކުލަވާލާފައެވެ. ޖީބަށް ބަރުވާނަމަ އެންމެ ފުރަތަމަ ޕްލޭން ޗެކް ކޮށްލުން ކިހިނެއް ވާނެ ހެއްޔެވެ؟ އެގޮތުން އެންމެ ކުޑަ ޕެކޭޖް ފަށަނީ 250 ރުފިޔާއަށެވެ. "ކޮމްބޯ 3ޖީބީ"ގެ އެ ޕެކޭޖުން ތިން ޖީބީ ޑޭޓާ އާއި 150 މިނެޓުގެ ވޮއިސް ކޯލްގެ އިތުރުން 150 އެސްއެމްއެސް ލިބޭނެއެވެ. އިތުރު ޕެކޭޖްތަކަކީ

  • ކޮމްބޯ 5ޖީބީ – 350 ރުފިޔާ

ފަސް ޖީބީގެ ޑޭޓާ، 250 މިނެޓުގެ ކޯލު، 250 އެސްއެމްއެސް

  • ކޮމްބޯ 7ޖީބީ – 475 ރުފިޔާ

ހަތް ޖީބީގެ ޑޭޓާ، 350 މިނެޓް ކޯލު، 350 އެސްއެމްއެސް

  • ކޮމްބޯ 10ޖީބީ – 650 ރުފިޔާ

10 ޖީބީގެ ޑޭޓާ، 500 މިނެޓުގެ ކޯލް ޓައިމް، 500 އެސްއެމްއެސް

  • ކޮމްބޯ 15ޖީބީ – 850 ރުފިޔާ

15 ޖީބީގެ ޑޭޓާ، 1،500 މިނެޓްގެ ކޯލް ޓައިމް، 1،500 އެސްއެމްއެސް

  • ކޮމްބޯ 25ޖީބީ – 1،200 ރުފިޔާ

25 ޖީބީގެ ޑޭޓާ، 2،000 މިނެޓްގެ ކޯލް ޓައިމް، 2،000 އެސްއެމްއެސް

އެ ޕްލޭންތައް އެ ހުރި ހިސާބުން ނިމުނީއެއް ނޫނެވެ. އޭގެއިތުރުންވެސް އިތުރު ފައިދާތައް އާ ކޮމްބޯ ޕްލޭންތަކާއެކު ލިބޭކަން އެނގޭހެއްޔެވެ؟ ކޮމްބޯ ޕްލޭންތަކާއެކު ދިރާގުން ވަނީ "ޕާކްސް" ނަމަކަށް ކިޔާ ހިދުމަތެއް ތައާރަފުކޮށްފައެވެ. އެ ޕާކްސްގެ ސަބަބުން ކަސްޓަމަރުންނަށް ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިން ހިދުމަތްތައް ބޭނުންކުރަން ވަކި ވަކި އެޑް-އޮންސް މިހާރު ގަންނާކަށް ނުޖެހޭނެއެވެ. އެންމެ އެކްޓިވޭޝަނަކުން ގިނަ ކަންތައްތައް ކޮށްލުމުގެ ފަސޭހަކަން މިހާރު ދިރާގު ކަސްޓަމަރުންނަށް ލިބޭނެއެވެ.

ޕްރީޕެއިޑް "ޕާކްސް" ތައާރަފްކޮށްފައިވަނީ، ސޯޝަލް މީޑިއާ އަދި ސްޓްރީމިން ފަދަ ހިދުމަތްތައް ގިނައިން ބޭނުން ކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެންނެވެ. އެގޮތުން ސޯޝަލް މީޑިއާ އާންމުކޮށް ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ޕާކް މެދުވެރިކޮށް ފޭސްބުކް، އިންސްޓަގްރާމް އަދި ސްނެޕްޗެޓް އަށް ހާއްސަ ޑޭޓާ ލިބޭނެއެވެ. އަދި ސްޓްރީމިން ކުރުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ސްޓްރީމިން ޕާކް އިންނާނެއެވެ. އެ ޕާކް މެދުވެރިކޮށް ޔޫޓިއުބް އާއި ނެޓްފްލިކްސްގެ އިތުރުން ދިރާގު ޕްލޭ ސްޓްރީމް ކޮށްލެވޭނެއެވެ.

އޭގެއިތުރުން އެކްޓިވޭޓް ކޮށްފައިވާ ޕެކޭޖުތަކުން ނުވާނަމަ ވަކީން އެކްޓިވޭޓް ކޮށްލެވޭނެ އެޑްއޮންވެސް ވަނީ ދިރާގުން ތައާރަފުކޮށްފައެވެ. އޭގެތެރޭގައި މިނީ ޑޭޓާ އާއި ސްޓްރީމިން އާއި ސޯޝަލް މީޑިއާއަށް ހާއްސަ އެޑްއޯން ހިމެނެއެވެ.

ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކޮށްލުމަށް ދިރާގު އެޕް ނުވަތަ ކީވޯޑް ޖެހުމަށްފަހު 343 އަށް އެސްއެމްއެސް ފޮނުވުމުން ވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް