މާލެއިން ގިނަ އަދަދެއްގެ ރާ ފުޅިތަކެއް ހޯދައި، ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭއިން ގިނަ އަދަދެއްގެ ބަނގުރާ ފުޅި އާއި ދަޅުތަކެއް ހޯދައި، ބިދޭސީއަކު ހައްޔަރު ކޮށްފި އެވެ.

އެ ތަކެތި ހޯދާފައި ވަނީ މިދިޔަ ދެ ދުވަހު ފުލުހުންގެ އިންޓެލިޖެންސާ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގަ އެވެ.

ފުލުހުން މިއަދު ބުނީ، ކޯޓުއަމުރެއްގެ ދަށުން ހެންވޭރު ގެއެއް ބަލައި ފާސްކޮށް ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި 13 ފުޅިއާއި 173 ބިޔަރު ދަޅު ހޯދާފައިވެ އެވެ. އެ އޮޕަރޭޝަނާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ދެވަނަ އޮޕަރޭޝަން ހިންގީ ރޭ 9:00 އެހާކަންހާއިރު އެވެ. މަގުމަތިން ދުއްވާފައި ދިޔަ ޓެކްސީއެއް ހުއްޓުވައި ބަލައިފާސްކުރި އިރު އެ ޓެކްސީގެ ޑިކީގެ ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާއެއްޗެއް ހުރި 12 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އާ ގުޅިގެން ހައްުޔަރު ކުރީ 27 އަހަރުގެ ބިދޭސީއެކެވެ. އަދި އެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް