ކަނޑަށް ވެއްޓުނު މަސްވެރިޔަކަށް މިޔަރެއް ހަމަލާދީފި

ދިވެހި މަސްވެރިިން މަސް ބޭނުމުގައި: މިއަދު ކަނޑަށް ވެއްޓުނު މަސްވެރިޔަކަށް މިޔަރެއް ވަނީ ހަމަލާދީފަ --

ކަނޑަށް ވެއްޓުނު މަސްވެރިޔަކަށް މިޔަރެއް ހަމަލަދިނުމުގެ ސަބަބުން ޒަހަމްވެއްޖެ އެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ، ޅ. ފާދޫ ބޮއި ކައިރީގައި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ މަސްވެރިއަކު ކަނޑަށް ވެއްޓުނު ވަގުތު މިޔަރެއް ހަމަލާދިނުމުން އޭނާއަށް ޒަހަމްވެފައިވާ ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބުނީ 9:36 އެހާކަންހާއިރެވެ.

އެ ހާދިސާގައި އަނިޔާވީ ޅ. ނައިފަރު ޒިކުރާ ދޯނީގެ އުމުރުން 40 އަހަރުގެ މަސްވެރިއަކަށެވެ.

އެ މީހާއަށް ޒަހަމްވެގެން ސިއްހީ އަވަސް ފަރުވާއަށް އޭނާ ނައިފަރަށް ގެންދިއުމަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ޅ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު "ސަން" އަށް ވިދާޅުވީ މިހާރު އެމީހާއަށް އިތުރު ފަރުވާ ދިނުމަށް އެ ހޮސްޕިޓަލަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އޭނަ ވިދާޅުވީ މަސްވެރިޔާގެ ފައިގެ ތަނބިކަށްޓަށް މިޔަރުގެ ދަތް ވަރަށް ފުންކޮށް ވަދެ، ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ.

comment ކޮމެންޓް