ވޯލްޑްކަޕް: 2010 ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގެ ފައިނަލަށް 32 އަހަރަށް ފަހު ހޮލެންޑް ދަތުރުކޮށްފި

10:00


32 އަހަރަށް ފަހު ހޮލެންޑް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގެ ފައިނަލަށް ދަތުރުކޮށްފި އެވެ.


ރޭ ސައުތު އެފްރިކާގެ ކޭޕް ޓައުންގައި ކުޅުނު ސެމީފައިނަލްގެ ފުރަތަމަ މެޗުގައި އުރުގުއޭ އާއި ބައްދަލުކުރި މެޗު ހޮލެންޑް ކާމިޔާބުކުރީ 3 – 2 ން ނެވެ.


ވޯލްޑްކަޕް ދެ ފަހަރު ކާމިޔާބުކޮށްފައިވާ އުރުގުއާއީ އާއި މިހާތަނަށް ވޯލްޑްކަޕް ތަށީގައި އަތްލިބުމުގެ ނަސީބު ލިބިފައި ނުވާ ހޮލެންޑް ބައްދަލުކުރި މެޗަކީ މިހާތަނަށް މިމުބާރާތުގައި ފެނިގެން ދިޔަ އެންމެ ރީތި އަދި އެންމެ ހިތްގައިމް ގޯލް ފެނިގެން ދިޔަ މެޗު ކަމަށް ތަޖުރިބާކާރުން ފާހަގަކުރެ އެވެ. ހޮލެންޑުގެ މިގޯލް ޖިއޮވާނީ ތިން ދަނޑިން އެތެރެއަށް ވައްދާލީ ގޯލާ 35 ޔާޑް ދުރުންނެވެ. ހަމައެއާއެކު އުރުގުއާއީން އެއްވަރުކުރި ގޯލަކީ ވެސް މިހާރު ވޯލްޑްކަޕްގެ ޓޮޕް ސްކޯރަރގެ މަޤާމަށް ވާދަކުރަމުންދާ ޑިއޭގޯ ފޯލާން 25 ޔާޑު ދުރުން ގޯލަށް ވައްދާލި ބޯޅައެކެވެ.


ހޮލެންޑްގެ ލީޑް އިތުރަށް ފުޅާކޮށްދިނީ މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ވެސް ލިބުނު ސްނެއިޑަރ އަށެވެ. ފައިނަލަށް ދިއުމުގެ ފުރުސަތު ހޮލެންޑަށް ޔަޤީން ވެގެން ދިޔައީ މެޗު ނިމެން 15 މިނެޓަށް ވެފައި ވަނިކޮށް ރޮބެން ބޮލުން ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނުމުންނެވެ. މެޗު ނިންމާލާ ކަށިގަނޑުގެ އަޑާ ހަމައަށް މަސައްކަތް ކުރަމުން ދިޔަ އުރުގުއާއީން ވަނީ މެޗުގެ އެންމެ ފަހު މިނެޓްގައި ފެރޭރާ އެވެ. މިއީ 1978 އަހަރަށް ފަހު ހޮލެންޑް ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.


ހޮލެންޑްގެ ކޯޗު ވެން މާވިކް މެޗަށް ފަހު ބުނެފައި ވަނީ ފައިނަލްގައި ބައްދަލުކުރަން ބޭނުން ވަނީ ޖާމަނީ އާއި ކަމަށާ މިއީ ހަދާންނުން ފޮހެލަން ދަތި ވަގުތެއް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު