އާދިއްތަ ދުވަހު އެއާޕޯޓަށް ރެކޯޑް އަދަދަކަށް ބޯޓު ޖައްސައިފި

ޖުލައި 15، 2020: ކޮވިޑް19އަށް ފަހު އެއާޕޯޓްގައި ގަތަރު އެއާވޭސްގެ ފްލައިޓެއް ޖައްސަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން މިދިޔަ އާދިއްތަ ދުވަހަކީ ވެލާނާ އިންޓަނޭޝަނަލްް އެއާޕޯޓުގައި އެންމެ ގިނަ އަދަދެއްގެ އެއާޓްރެފިކް މޫވްމަންޓްސް ރެކޯޑު ކުރެވުނު ދުވަސްކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

އެމްއޭސީއެލް އިން ހިއްސާކުރި މައުލޫމާތަށް ބަލާއިރު އާދިއްތަ ދުވަހު ވީއައިއޭގައި 578 އެއާޓްރެފިކް މޫވްމަންޓް ރެކޯޑު ކުރެވިފައި ވެއެވެ. އެއީ އޭގެ ކުރިން މި ހާލަތުގައި އެންމެ ގިނަ މޫވްމަންޓް ރެކޯޑު ކުރެވުނު ދުވަހަށް ވުރެ 42 ޕަސެންޓް އިތުރު އަދަދެކެވެ.

އާދިއްތަ ދުވަހު ވީއައިއޭގައި 5،845 އިންޓަނޭޝަނަލް އެރައިވަލްސް ރެކޯޑު ކުރެވިފައިވާއިރު މިއީ އޭގެ ކުރިން މި ހާލަތުގައި އެންމެ ގިނަ ފަސިންޖަރުން އައި ކަމަށް ރެކޯޑު ކުރެވިފައިވާ ޑިސެމްބަރު 12 ވަނަ ދުވަހަށްވުރެ 39 ޕަސެންޓް އިތުރު އަދަދެކެވެ.

ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހެއްގެ ގޮތުގައި ރެކޯޑު ކުރެވިފައި ވަނީ ވެސް މިދިޔަ އާދިއްތަ ދުވަހެވެ. އެދުވަހު 5,674 ފަތުރުވެރިން އައިސްފައިވެއެވެ.

ފިނިމޫސުމާއި އާ އަހަރުގެ ޗުއްޓީ އާއި ދިމާކޮށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުންދާއިރު މިމަހުގެ އެކަކުން 20 ގެ ނިޔަލަށް 56,662 ފަތުރުވެރިން އައިސްފައިވެއެވެ.

comment ކޮމެންޓް