ދިވެހިންނަށް ގެސްޓްހައުސްތަކަށް ނުދެވޭތީ ކަންބޮޑުވޭ: ގޭމް

މަފުއްޓަށް ދިވެހިންތަކެއް ޒިޔާރަތް ކުރަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އާ އަހަރާ ދިމާކޮށް ދިވެހިންނަށް ގެސްޓްހައުސްތަކަށް ދެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)އިން ގޮވާލައިފި އެވެ.

ގޭމްގެ ރައީސް އަބްދުﷲ ނަޝީދު "ސަން"އަށް މިއަދު ވިދާޅުވީ ދިވެހިންނަށް ގެސްޓްހައުސްތަކަށް ދެވޭނެ ގޮތެއް ހަމަޖެހިފައި ނެތުމުން އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ.

އެންމެ ފަހުން ގައިޑްލައިންއަށް ގެނައި އިސްލާހުގައި 72 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާ ދިވެހިންނަށް ރިސޯޓުތަކަށް ދިއުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ. އެހެން ނަމަވެސް ޕީސީއާރު ޓެސްޓެއް ހުށަހަޅައިގެންވެސް ގެސްޓްހައުސްތަކަށް ދިއުމުގެ ހުއްދައެއް ދީފައެއް ނުވެ އެވެ.

"ނިއު އިޔާވެސް އަންނަނީ. ގެސްޓުންނަށް ނެގެޓިވް ޕީސީއާރު ޓެސްޓެއް ހަދައިގެން ގެސްޓްހައުސްތަކަށް އާދެވޭނަމަ ދިވެހިންނަށްވެސް ނެގެޓިވް ޓެސްޓެއް ހަދައިގެން އާދެވެން ޖެހޭނެ ކަމަށް ދެކެނީ." ނަޝީދު ވިދާޅުވި އެވެ.

ބޯޑަރު ހުޅުވާލުމަށްފަހު ވެސް ގެސްޓްހައުސްތައް އޮޕަރޭޓު ކުރުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ. ގެސްޓްހައުސްތަކަށް ދާ ފަތުރުވެރިން ފުރައިގެން ދިއުމުގެ ކުރިން ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހޭއިރު، ޓެސްޓުގެ އަގު ބޮޑުކަމުން ކުދި ގެސްޓްހައުސްތަކުގެ ބުކިންގްސް ދަނީ ކެންސަލްވަމުންނެވެ.

https://sun.mv/146992

comment ކޮމެންޓް