ޅޮހީ ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މައްސަލައެއް ބަލަނީ

ޖޭއެސްސީގެ މެމްބަރުން --- ފޮޓޯ/ ޖޭއެސްސީ

ނ. ޅޮހީ އިސް މެޖިސްޓްރޭޓް އަހުމަދު ހަސަން މަނިކުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ މެޖިސްޓްރޭޓް އަހުމަދު ހަސަން މަނިކުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމީ އެ އަތޮޅު މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ޙަޟާނާތުގެ މައްސަލައިގައި އަމަލުކުރި ގޮތުން ކަމަށެވެ.

އެގޮތުން އެ މައްސަލައިގައި ދައުވާކުރި ފަރާތާ ކުއްޖާ ހަވާލުކުރުމަށް ވަގުތީ އަމުރެއް ނެރެ، އެ އަމުރު ހައިކޯޓުން ބާތިލްކުރުމުންވެސް، ކުއްޖާ ކުރިން ހުރި ހާލަތަށް ރުޖޫއަކުރުމެއް ނެތި، ދައުވާކުރި ފަރާތުން ބޭނުންވި މަގުސަދު ހާސިލްވާ ގޮތަށް މައްސަލައިގެ ހާލަތު ދަމަހައްޓައި، މައްސަލަ ތާވަލުނުކޮށް ގިނަ ދުވަސްތަކެއް ފާއިތު ވުމަށްފަހު ދައުވާ ކުރާ ފަރާތަށް އެކަނި ޗިޓް ފޮނުވައި، ދައުވާ ލިބޭ ފަރާތުގެ ބަހެއް ނެތި ދައުވާ ބާތިލްކޮށްފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އަހްމަދު ހަސަން މަނިކުގެ ސުލީކީ މައްސަލަ ބަލަން، ޖޭއެސްސީގެ މައްސަލަ ބެލުމާމެދު ގޮތް ނިންމާ ކޮމިޓީން ނިންމައި، ތަހުގީގު ކޮމެޓީ އިއްޔެ ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް