އަފްގާނިސްތާނުގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި އަށް މީހަކު މަރުވެއްޖެ

އަފްގާނިސްތާނުގައި ދިން ކާރު ބޮމުގެ ހަމަލާއަށްފަހު--

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި އަށް މީހުން މަރުވެއްޖެ އެވެ.

އެ ހާދިސާ ހިނގައިފައިވަނީ އަފްގާނިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޚާން މުހައްމަދު ވަރުދަކު ކާބުލްގެ ކޮޝާލް ޚާންގެ ކާރު ސަރަހައްދުގައި ދަތުރުކުރައްވަމުން ދަނިކޮށެވެެ. އެ ހަމަލާގައި ކައިރީގައި ހުރި ވެހިކަލްތަކާއި އިމާރާތްތަކަށްވެސް ބޮޑެތި ގެއްލުންތައް ލިބުނެވެެ.

އެ ހާދިސާގައި އޭނާއާއެކު 15 މީހުން ޒަހަމްވި އެެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެ އެވެ.

އެ ހާދިސާގެ ޒިންމާ އެއްވެސް ބަޔަކު އުފުލައިފައިނުވާއިރު މީގެ ކުރިން ދީފައިވާ އެފަދަ ހަމަލާތަކުގެ ޒިންމާ އިސްލާމިކް ސްޓޭޓުން ނަގައިފައިވެ އެވެ. އޭގެ ތެރޭގައި ތައުލީމީ އިދާރާއަކަށް ދިން ހަމަލާވެސް ހިމެނެ އެވެ. އެ ހަމަލާގައި 50 މީހުން މަރުވި އެވެ.

އަފްގާނިސްތާނުގައި އަނެއްކާވެސް ބޮމުގެ ހަަމަލާއެއްދިންއިރު އެގައުމުގައި ހިނގަމުންދާ ހަނގުރާމަ ނިންމަން އަފްގާނިސްތާނުގެ ސަރުކާރާ ތަލިބާނުންނާ މިހާރު ދަނީ ވާހަކަތައްވެސް ބާއްވަމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހު ފެށި ވާހަަކަތަައް މިހާރު މެދުކަނޑާލައިފައިވާއިރު ޖެނުއަރީގައި ވާހަކަތައް އަލުން ފަށާނެ އެވެ.

ތަލިބާނުން އަފްގާނިސްތާނުގެ ސަރުކާރަށް އެއްބާރުލުންދީ ސުލްހަ ގާއިމްކުރަން އެއްބަސްވާނަމަ އަންނަ އަހަރު މޭ ގައި އަފްގާނިސްތާނުން އެމެެރިކާ ސިފައިން ބާލަން ވަނީ އެއްބަސްވެފަ އެވެ.-- އަލްޖަޒީރާ--

comment ކޮމެންޓް