ފަލްކާ ތެރެއަށް ވެއްޓުނު މީހަކަށް އަނިޔާވެ، މާލެ ގެންނަނީ

ތިލަފުށީގެ ސެޓެލައިޓް ފޮޓޯއެއް -- ގޫގްލް މެޕްސް

ދޯންޏެއްގެ ފަލްކާ ތެރެއަށް ވެއްޓި އަނިޔާވި ދިއްވެއްސަކު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފަށް އެ ހާދިސާގެ ރިޕޯޓު ލިބުނީ މިރޭ މިރޭ 7:08ހާއިރު އެވެ.

އެމްއެންޑީއެފް އިން ބުނީ، އަނިޔާވީ އުމުރުން 40 އަހަރުގެ މީހަކަށް ކަމަށެވެ. އޭނާ ވެއްޓުނީ ކ. ތިލަފުށީ ބަނދަރުގައި އޮތް "ދިރުން" ނަމަކަށް ކިޔާ ދޯންޏެއްގެ ފަލްކާ ތެރެއަށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އޭނާއަށް އަވަސް ފަރުވާ ދިނުމަށްޓަކައި މިހާރު އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޯސްޓްގާޑުގައި މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.

comment ކޮމެންޓް