ތުރުކީގެ ހޮސްޕިޓަލެއްގައި ރޯވެ ކޮވިޑް ޖެހިފައިވާ ބައެއް މީހުން މަރުވެއްޖެ

ރޯވި ހޮސްޕިޓަލް--

ތުރުކީގެ ހޮސްޕިޓަލެއްގައި ރޯވެ ކޮވިޑް ޖެހިފައިވާ ބައެއް މީހުން މަރުވެއްޖެއެވެ.

ތުރުކީގެ ގާޒިއާންޓެޕްގައި ހުންނަ ސަންކޯ ޔުނިވާސިޓީ ހޮސްޕިޓަލްގައި ރޯވީ އޮކްސިޖަން މެޝިނެއްގައި ރޯވެގެންނެވެ.

އެ ހާދިސާގައި މިހާތަަނަށް އަށް މީހުން މަރުވެފައިވާކަމަށް ހޮސްޕިޓަލުން ބުނެެއެވެ. މަރުވެފައިވަނީ 65 އަހަރާއި 85 އަަހަރުގެ މީހުންނެވެ.

އަލިފާނާ ގުޅިގެން ކޮވިޑަށް ފަރުވާ ދެމުންދާ 14 މީހަކު މިހާރު ވަނީ އެހެން ހޮސްޕިޓަލަށް ބަދަލުވެސްކޮށްފައެވެ.

އެ ހާދިސާ ހިނގިގޮތް މިހާރު ބަލަމުންދާކަމަށް ހޮސްޕިޓަލުން ވަީ ބުނެފައެވެ.

ތުރުކީގެ ސަރުކާރުން ބުނާގޮތުގައި ކޮވިޑާ ގުޅިގެން އެގައުމުގެ ހޮސްޕިޓަލްތަކުގެ އައިސީޔޫ ޔުނިޓްތަކުގެ 74 ޕަސެންޓް ވަނީ ފުރިފައެވެ. ނަމަވެސް މެޑިކަލް އެސޯސިއޭޝަންތަކުން ބުނީ ހޮސްޕިޓަލްތައް މިހާރު ފުރިފައިވާ ކަމަށެވެ.

އިއްޔެވެސް ތުރުކީން 26،410 ކޮވިޑްގެ ކޭސް ވަނީ ފެނިފައެވެ. އެއާއެކު އެ ބަލު ޖެހުނު ޖުމްލަ މީހުންގެ އަދަދު މިހާރު ވަނީ 1.98 މިލިއަނަށް އަރައިފައެވެ.

-- އަލްޖަޒީރާ--

comment ކޮމެންޓް