މާފުށީގައި ބެހެއްޓި ކްރިސްމަސް ގަހެއް ފުލުހުން ނަގައިފި

މާފުށީ ގެސްޓްހައުސް އެއްގެ ބޭރުގައި ބެހެއްތި ކްރިސްމަސް ގަސް ފުލުހުން ވަނީ ގެންގޮސްފައި -- ފޮޓޯ: ޓްވިޓާ

ކ. މާފުށީައި ބަހައްޓަން އުޅުނު ކްރިސްމަސް ގަހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ރައްޖޭގައި އެންމެ ގިނަ ޓޫރިސްޓު ގެސްޓްހައުސް ހިންގަނީ މާފުށީގައެވެ. މާފުށީގައި ހިނގި ހާދިސާ އާއި ގުޅޭގޮތުން ފުލުހުން ބުނީ ރޭ 20:30 ހާއިރު އެރަށުގައި ހުންނަ ކާނި ބީޗް ގެސްޓްހައުސް ބޭރުައި، ކްރިސްމަސްގަހެއް ބަހައްޓަފިައވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެކަމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ފުށުއަރާ ކަމެއް ކަމަށާއި ގަސް ނެގުމަށް ފުލުހުން މެދުވެރިވެގެން ކުރި މަޝްވަރަތައް ކާމިޔާބު ވެފައި ނުވާ ކަމަށެވެ.

އެހެންކަމުން ކޯޓު އަމުރެއްގެ ދަށުން އެ ގަސް ފުލުހުންގެ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އާއަހަރާއި ކްރިސްމަސް ޗުއްޓީ އަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަމުންދާއިރު މީހުން ދިރިއުޅޭ ރަށްރަށުގައި ކްރިސްމަސް ފަދަ މުސްލިމުންގެ އަގީދާ އާއި ނުގުޅޭ ދުވަސްތައް ފާހަގަކަކުރުން ގާނޫނުން މަނާކުރެއެވެ. ނަމަެސް ޓޫރިސްޓު ރިސޯޓުތަކުގައި އެފަދަ ހަރަކާތްތައް ހިންގައެވެ.

comment ކޮމެންޓް