ކުޅުދުއްފުށީގައި ރޭ ހަވާ އަރުވައިފި، މިރޭ ދިއްދޫގައި ހަވާ އަރުވާނެ

މާލޭގައި މީގެެ ކުރިން ހަވާއަރުވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ންގެ 66 ހަވަނަ އަސާސީ ތަމްރީނު ކޯހުގެ ނިމުން ފާހަގަ ކުރުމަށް ޝަރަކުޅުދުއްފުށި ސިޓީގައި އިއްޔެ ޝަރަފުގެ ހިނގާލުން ބާއްވައި، އެރަށުގައި ރޭ ހަވާ އަރުވައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އަސާސީ ތަމްރީނު ކޯހުގެ ނިމުން ފާހަގަކުރުމަށް މިއަދު ހއ ދިއްދޫގައި ޝަރަފުގެ ހިނގާލުން ބާއްވާނެ ކަމަށާއި މިރޭ އެރަށުގައި ހަވާ އަރުވާނެ ކަމަށެވެ.

މީގެ އިތުރުން މާދަމާ ހއ އިހަވަންދޫގައިވެސް ޝަރަފުގެ ހިނގާލުން ބާއްވައި، މާދަމާރޭ އެ ރަށުގައި ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

މީގެކުރިން ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުންތަކަކީ ސިފައިންގެ ތަމްރީނު މަރުކަޒުތަކުގައި ނުވަތަ ހެޑްކުއާޓަރެއްގައި ބޭއްވެމުން ދިޔަ ޝަރަފުގެ ހިނގާލުންތަކެކެވެ.

ނަމަވެސް، މި އަހަރުން ފެށިގެން، ރާއްޖޭގެ އެކި ރަށްރަށުގައި ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ބާއްވަން ނިންމާފައިވަނީ، މިފަދަ ޝަރަފުގެ ހިނގާލުންތައް ރަށްރަށުގެ ރައްޔިތުންނަށް ކައިރިން ބަލާލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އަދި، ކުރިއަށްއޮތް ތަނުގައި، އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން، އެ ކޯހުގެ ތަމްރީނުތައް ކުރިއަށްދާ އެމްއެންޑީއެފް އޭރިއާއަކަށް ނިސްބަތްވާ ރަށްރަށުގައި ބާއްވަން ވަނީ ނިންމައިފަ އެވެ. މިފަހަރުގެ ޝަރަފުގެ ހިނގާލުން އިންތިޒާމްކޮށް، ކުރިއަށްގެންދަނީ އެ ރަށްރަށުގެ ކައުންސިލް އިދާރާތަކާއި އެމްއެންޑީއެފް ނޮދަން އޭރިއާ ގުޅިގެންނެވެ.

comment ކޮމެންޓް