ޖާޒީ ގެ ޝޫޓިން ޝާހިދު ނިންމާލައިފި

ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ޖާޒީ"ގެ ޝޫޓިން ކާމިޔާބުކަމާއެކީ ނިންމާލައިފި އެވެ.

ފިލްމު ނިންމާލިކަން އިއުލާންކުރަމުން ޝާހިދު އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ކޮވިޑް ތެރޭ ޝޫޓިން މި ނިންމާލީ 47 ދުވަހުން ކަމަށެވެ. މި ފިލްމަކީ މުހިއްމު ފިލްމެއް ކަމަށާއި ފިލްމުގެ ޓީމު މެންބަރުން ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރަމުން އޭނާ ބުނީ ހިތްތަކުގައި އަބަދުވެސް ހަނދާން ހުންނަ ވާހަކަތަކުގެ ފިލްމުތައް ގެނައުމަކީ ދާއިރާއަށް ވެސް ގެނެވޭ މުހިއްމު ބަދަލެއް ކަމަށެވެ.

"މި ފިލްމަކީ ހިތާ ކުޅެލާ ފިލްމެއް. އަދި މި ފިލްމު މަސައްކަތަކީ މިހާތަނަށް އެންމެ ހިތްހަމަ ޖެހިގެން ކުރެވުނު އެއް މަސައްކަތް. އެންމެ ސަޅި ތަޖުރިބާ މިއީ،" ޝާހިދު ބުންޏެވެ.

މުރްނާލް ތާކޫރު ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެންދާއިރު މި ފިލްމަކީ ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގެ ތެެލެގޫ ވާޝަނެއް ވެސް ވަނީ މީގެ ކުރިން ގެނެސްދީފަ އެވެ. މި ފިލްމު ސްކްރީން ކުރާނީ އަންނަ އަހަރު އެވެ.

comment ކޮމެންޓް