ތައިލެންޑުން ފަތުރުވެރިންނަށް މަރުހަބާކިޔަން ފަށައިފި

ތައިލެންޑްގެ ރިސޯޓެއްް--

ތައިލެންޑުން އެގައުމުގެ ބޯޑަރުތައް ފަތުރުވެރިންނަށް ހުޅުވާލައިފިއެވެ.

ތައިލެންޑަށް ދާ ފަތުރުވެރިންނަށް އެ ގައުމަށް އެތެރެވެވޭނީ ޓޫރިސްޓު ވިސާއެއް ނުވަތަ ސްޕެޝަލް ޓޫރިސްޓު ވިސާ އަކާއެކުއެވެ. ކޮންމެ ފަތުރުވެރިއަކުވެސް އެ ގައުމުގެ ސަރުކާރުން ކަނޑައަޅާފައިވާ ފެސިލިޓީއެއްގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހެއެވެ.

ޓޫރިސްޓު ވިސާ ދެނީ ކުރު މުއްދަތަކަށް ތައިލެންޑަށް ދާ ފަތުރުވެރިންނަށެވެ. ސްޕެޝަލް ޓޫރިސްޓު ވިސާގައި ދާ މީހުންނަށް ތަންކޮޅެއް ގިނަ ދުވަހު ތައިލެންޑުގައި މަޑު ކުރެވޭނެއެވެ.

ޓޫރިސްޓު ވިސާގައިދާ ފަތުރުވެރިންނަށް 60 ދުވަހު ތައިލެންޑުގައި މަޑުކުރެވޭއިރު އިތުރު 30 ދުވަހަށް އެ މީހުންގެ ސްޓޭ އެކްސްޓެންޑު ކުރެވިދާނެއެވެ. އެންމެ ގިނަ ވެގެން މި ވިސާގައި މަޑުކުރެވޭނީ 90 ދުވަހުއެވެ.

ސްޕެޝަލް ޓޫރިސްޓު ވިސާގައި އެތެރެވާ ފަތުރުވެރިންނަށް 90 ދުވަހުގެ ވިސާ ލިބޭއިރު ދެ ފަހަރެއްގެ މަތިން 90 ދުވަސް އިތުރު ކުރެވިދާނެއެވެ.

މި ދެ ވިސާއާއެކު ތައިލެންޑަށްދާ ފަތުރުވެރިންނަށް އެގައުމަށް އެތެރެވުމަށް ހާއްސަ ސެޓްފިކެޓް އޮފް އެންޓްރީ އެއް ބޭނުންވާނެއެވެ. އަދި ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ ހާލަތެއްގައި މެޑިކަލް ހަރަދުތައް ކަވަރު ކުރާނެ އިންޝުއަރެންސް ޕެކޭޖެއްވެސް އޮންނަން ޖެހެއެވެ.

comment ކޮމެންޓް