ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭ ސާވޭ މާލެ ސަރަހައްދުގައި ފަށަނީ

ވިލިމާލެއާއި މާލެ ފެންނަ މަންޒަރެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިރިއުޅުކުގެ ވައްޓަފާޅިއާ ގުޅިފައިވާ ދިގު މުއްދަތަށް ބޭސް ފަރުވާ ކުރަންޖެހޭ ބަލިތައް ނުވަތަ ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތައް ދެނެގަތުމަށް ކުރިއަށްގެންދާ "ސްޓެޕްސް ސާވޭ" މާލެ ސަރަހައްދުގައި ފަށަން ތައްޔާރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ސްޓެޕްސް ސާވޭގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއް ތަމްސީލުވާގޮތަށް ސާވޭ ފެށީ މިދިޔަ އަހަރު ކަމަށެވެ. އަދި މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި މި ސާވޭ ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މި ސާވޭ އަކީ އެޗްޕީއޭ އިން އިސްނަގައިގެން އެންއެމްޔޫ އާއި ޑަބްލިއުއެޗްއޯ އާ ގުޅިގެން ކުރިއަށް ގެންދާ ސާވޭ އެކެވެ.

އެޗްޕީއޭ އިން ބުނީ އެ ސާވޭ ކުރުމަށް ގުރުއަތުން ނަގާ ގޭގެއަށް މައުލޫމާތު އެއްކުރަން ޓީމުތަކުން ދާނެ ކަމަށެވެ. ސާވޭގެ މަސައްކަތުގައި ފަރާތްތަކުން ތިބޭނީ އެމްއެންޔޫ އިން ދޫކޮށްފައިވާ ހާއްސަ ފާހެއް އަޅައިގެން ކަމަށާއި އެ ސާވޭ އަށް އެއްބާރުލުން ދިނުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

comment ކޮމެންޓް