އުރަމަތީގެ ކެންސަރު ދުރާލާ ދެނެގަންނަން ޓްރީ ޓޮޕްގެ ބްރެސްޓް ޗެކް ޕްރޮގްރާމް

ބްރެސްޓް ކެންސަރު ނުވަތަ އުރަމަތީގެ ކެންސަރަކީ، ކެންސަރު ބަލީގެ އެހެން ބާވަތްތަކެކޭވެސް އެއްފަދައިން ބަލީގެ ކުރީކޮޅުގައި ދެނެގަނެވޭ ބައްޔެކެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރިއަށްގެންދާ ބްރެސްޓް ޗެކް ޕްރޮގްރާމުން އުރަމަތީގެ ކެންސަރު ސްކްރީންކޮށް އަދި އެނޫން ވެސް ބަލިތައް ދެނެގަނެވޭނެ އެވެ.

މި އާޓިކަލްގައި މި ހިމަނާލަނީ އުރަމަތީގެ ކެންސަރުގެ ފަރުވާއާ ގުޅޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ރޭޑިއޮލޮޖިސްޓް، ޑރ. ނަޒާހަތު އައްބާސް ދެއްވާފައިވާ އިންޓަވިއުއަކާއި އެ އިންޓަވިއުގެ ހުލާސާއެކެވެ.

މި އިންޓަވިއުގައި ބްރެސްޓް ކެންސަރު ސްކްރީން ކުރަން ރޭޑިއޮލޮޖީ ބޭނުންކުރާ ގޮތާއި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ބްރެސްޓް ޗެކް ޕްރޮގްރާމާ ގުޅޭ މުހިންމު މައުލޫމާތު ޑރ. ނަޒާހަތު ދެއްވާނެ އެވެ.

ރޭޑިއޮލޮޖީ ބޭނުންކުރަނީ އުރަމަތީގެ ކެންސަރު ސްކްރީން ކުރުމަށް ނުވަތަ އަލާމަތްތަކެއް ހުރެގެން އެ ބަލި އިތުރަށް ދެނެގަތުމަށެވެ.

މައިގަނޑު ގޮތެއްގައި އުރަމަތީގެ ބަލިތައް ބަހާލާފައިވަނީ ކެންސަރަށާއި ކެންސަރުގެ ގޮތުގައި ނުހިމެނޭ ބަލިތަކަށެވެ. އޭގެ ތެރޭގައި ސިސްޓް، އިންފެކްޝަން އަދި ފައިބްރޮއިޑް ހިމެނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބްރެސްޓް ސްކްރީނިން ހަދަން ބޭނުންވާ ފަރާތްތަކަށް ހަމައެކަނި މެމޯގްރާމް ނުވަތަ މެމޯގްރާމްއާއެކު އަލްޓްރާސައުންޑް ހެދުމުގެ ފުރުސަތުވެސް ލިބޭނެ އެވެ.

އުރަމަތީގެ ކެންސަރުވެސް ކުރީކޮޅުގައި ދެނެގަނެވިއްޖެނަމަ އެ ބައްޔަށް ފަރުވާއެއް ހޯދި ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ އެވެ.

comment ކޮމެންޓް