ސިވިލް ކޯޓުގެ ރަޖިސްޓްރާ ކަމަށް ބޭފުޅަކު އައްޔަން ކޮށްފި

ށ.މާއުނގޫދޫ، ރޯޒްލީން، އަބްދުއްސަލާމް އަލީއަށް ސިވިލް ކޯޓުގެ ރަޖިސްޓްރާގެ މަގާމުުގެ ލިޔުން ހަވާލު ކުރަނީ -- ފޮޓޯ/ ޑީޖޭއޭ

ސިވިލް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

އެ މަގާމަށް އައްޔަން ކުރެއްވީ ށ.މާއުނގޫދޫ، ރޯޒްލީން، އަބްދުއްސަލާމް އަލީ އެވެ.

އޭނާ މަގާމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ، ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގައި، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އާއިޝަތު ރިޒްނާ އެވެ.

ސިވިލް ކޯޓުގެ ރަޖިސްޓްރާގެ މަގާމު ހުސްވީ، އެ މަގާމުގައި މީގެ ކުރިން ހުންނެވި ބޭފުޅާ އެ ކޯޓުގެ ގާޒީ ކަމާ ހަވާލުވެވަޑައިގަތުމުންނެވެ.

comment ކޮމެންޓް