ދިރާގު ފިކްސްޑް ބްރޯޑްބޭންޑު ބޫސްޓާ ޕްރޮމޯ މިމަހުގެ ނިޔަލަށް

ދިރާގު

ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާ ޕްރޮމޯޝަން މިމަހުގެ ނިޔަލަށް ދަންމާލައިފި އެވެ.

ދިރާގުން ބުނީ ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާ ތަކުން ދެގުނަޑޭޓާ ލިބޭ ޕްރޮމޯޝަންގެ ދަށުން ކޮންމެ ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާ އެކްޓިވޭޓް ކުރުމުން ދެ ގުނަ ޑޭޓާ ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާ އެކްޓިވޭޓް ކުރުމަށް ދިރާގު މޯބައިލް އެޕް ނުވަތަ ދިރާގު ވެބްސައިޓުގައިވާ "މައި އެކައުންޓް" އަށް ލޮގިންވެ، އެކައުންޓް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް ކުރެވޭނެ އެވެ.

ދިރާގުން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ވީހާ ވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ފައިދާ ލިބޭ ގޮތްތަކަށް އިންޓަނެޓް ޕެކޭޖްތައް ފަރުމާކޮށް، ޕްރޮމޯޝަންތައް ބާއްވަމުންނެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތް މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް ވަނީ ފޯރުކޮށްދީފައި އެވެ.

comment ކޮމެންޓް