މާލެއިން ހިދުމަތް ހޯދަން ރަށްރަށުން އަންނަ މީހުންނަށް ގެސްޓު ހައުސްތަކުގައި ތިބެވޭނެ: އެޗްޕީއޭ

ހުޅުމާލޭގެ ގެސްޓްހައުސެއް -- ސަން ފައިލް ފޮޓޯ

މާލެއިން ހިދުމަތް ހޯދަން ރަށްރަށުން އަންނަ މީހުންނަށް މާލޭ ސަރަހައްދުގެ ގެސްޓު ހައުސްތަކުގައި ތިބެވޭނެކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ކޮވިޑާ ގުޅިގެން މާލޭގެ ގެސްޓު ހައުސްތައް ބަންދުކުރީ މިދިޔަ މާޗްމަހުގެ 13 ވަނަ ދުވަހުއެވެ. ނަމަވެސް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން، މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތައް ހުޅުވުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމައިފައިވާއިރު ގެސްޓު ހައުސްތަކުން އަމަލުކުރަން ޖެހޭ އާ އުސޫލު މިރޭ ވަނީ އާންމުކޮށްފައެވެ.

ރަށްރަށަށް ގޮސް މާލެއައިސް ދިރިއުޅޭ ގޭގައި ކަރަންޓީނުކުރެވެން ނެތް ހާލަތުގައިވެސް ގެސްޓު ހައުސްތަކުގައި ތިބެވޭއިރު މާލެއަށް އެކި ހިދުމަތްތައް ހޯދަން އަންނަ އަތޮޅުތަކުގެ މީހުންނަށްވެސް މާލޭ ސަރަަހައްދުގެ ގެސްޓުތަކުގައި ތިބެވޭނެ ކަމަށް އެ އުސޫލުގައިވެއެވެ.

އޭގެ އިތުރުން ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށްވެސް ގެސްޓު ހައުސްތަކުގައި ތިބެވޭނެއެެވެ.

ކޮންމެ ގެސްޓްހައުސްއަކުންވެސް ހާއްސަ ފޯކަލް ޕޮއިންޓެއް ގާއިމް ކުރަންޖެހޭ އިރު އައިސޮލޭޝަންއަށް ހާއްސަ ކޮޓަރިތަކެއް ހުންނަން ޖެހޭނެ ކަމަށް މިހާރު އާންމުކޮށްފައިވާ ގައިޑްލައިންގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ސްޓާފުންނަށް ހާއްސަ މަސައްކަތު ޔުނިފޯމު ބަދަލުކޮށް ގެއަށް ދިޔުމުގެ ކުރިން ފެންވެރުމުގެ އިންތިޒާމު ގެސްޓްހައުސްގައި ހަމަޖައްސައި އެމީހުން ކޮންޓެކްޓް ޓްރޭސިން އެޕް ބޭނުންކުރަން ޖެހެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އަންގައިދޭ ނިޝާންތަކާއި ޕޯސްޓަރުތައް ގެސްޓްހައުސްގައި ފެންނަ ގޮތަށް ބަހައްޓަން ޖެހޭ އިރު ޕީޕީއީވެސް އެކަށީގެންވާ މިންވަރަކަށް ހުންނަން ޖެހެ އެވެ. ހުރިހާ ސްޓާފުންނަށް ކޮވިޑް19ގެ މައުލޫމާތު ދީ މި ހާލަތުގައި މަސައްކަތް ކުރާނެ ގޮތުގެ އިރުޝާދު ދޭން ޖެހެ އެވެ.

comment ކޮމެންޓް