ކުޅުދުއްފުށި ބަނދަރު ބޮޑުކޮށް ނިންމާލައިފި

ކުޅުދުއްފުށި ބަނދަރުގެ މަސައްކަތް ނިންމާލާފައި -- ފޮޓޯ: އެމްޓީސީސީ

ހދ. ކުޅުދުއްފުށި ބަނދަރު ބޮޑުކުުރުމުގެ މަޝްރޫއު ނިންމާލައިފި އެވެ.

އެމްޓީސީސީ އިން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ދަށުން 236،844 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކޮށް، 24،450 ކިޔުބިކް މީޓަރުގެ ސަރަހައްދެެއްގެ ބިން ހިއްކައި، 1،000 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކޮށްފައިވެ އެވެ.

މީގެ އިތުރުން އެ ރަށު މަސް މާރުކޭޓާއި ފެރީ ޓާމިނަލްގެ އިމާރާތުގެ ދޮރުތަކާއި ކުޑަދޮރުތައް ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންގޮސްފައިވެ އެވެ.

ދެހާސް އަށާރަވަނަ އަހަރުގެ ޑިސެމްބަރު 26ގައި އެމްޓީސީސީ އާ ހަވާލުކުރި އެ މަޝްރޫއުގެ އަގަކީ 137.6 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް