ރާއްޖޭގެ އައިސީޔޫތަކަށް އެމެރިކާގެ އެހީ

ރާއްޖޭގެ އައިސީޔޫތަކަށް ބޭނުންވާ ސާމާނު ހަދިޔާކުރުން --- ފޮޓޯ/ އެމެރިކާ އެމްބަސީ

ރާއްޖެއިން ކޮވިޑް19 އަށް އިޖާބަދިނުމަށް ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން، އެމެރިކާއިން ރާއްޖޭގެ ހެލްތު މިނިސްޓްރީ އާއި އެމްއެންޑީއެފް އަށް އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ތަކުގައި ބޭނުންކުރާ އާލާތްތައް ހަދިޔާކޮށްފިއެވެ.

އެ ސާމާނުތައް ހަވާލު ކޮށްދެއްވާފައިވަނީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ބީ ޓެޕްލިސް އެވެ.

އައިސީޔޫގައި ބޭނުންކުރަން ހަދިޔާކުރި ސާމާނުގެ ތެރޭގައި 40 އޮކްސިޖަން ކޮންސަންޓްރޭޓާޒް ހިމެނޭގޮތަށް 165000 އެމެރިކާ ޑޮލަރުގެ ސާމާނު ހިމެނެއެވެ.

އެއީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްގެ ފަރާތުން ދިން އެހީއެކެވެ.

އެމެރިކާގެ އެހީގެ ސަބަބުން ރާއްޖޭގައި ކޮވިޑްގެ އިތުރުން އެހެނިހެން ފުއްޕާމޭގެ ބަލިތަކަށް ފަރުވާހޯދާ ފަރާތްތަކަށް އެހީވުމުގެ އިތުރުން، އެމެރިކާއިން ކުރިން ހަދިޔާކޮށްފައިވާ ވެންޓިލޭތަރުތަކާއެކުގައި ބޭނުންކުރެވޭ ޕޯޓަބަލް އޮކްސިޖަން ނިޒާމުގެ ސަބަބުނ ސިއްހީ އެހީތެރިންގެ މަސައްކަތް ވެސް އިތުރަށް ލުއިވެގެންދާނެ ކަމަށް ކޮލަމްބޯގައި ހުންނަ އެމެރިކާ އެމްބަސީން ވަނީ ބުނެފައެވެ.

އެމެރިކާއިން ރާއްޖެއަށް ބޭނުންވާ 60 ކްރިޓިކަލް ކެއާ ވެންޓިލޭޓަރު ހަދިޔާކުރީ ސެޕްޓެމްބަރު މަހުއެވެ.

comment ކޮމެންޓް