ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑި ކައުންސިލެއް ޖޫރިމަނާކޮށްފި

ނ. މަނަދޫ -- ފޮޓޯ/ ހަމީދު ޖޯ

ނ. މަނަދޫގެ އަލަށް ދޫކޮށްފައިވާ ގޯތިތަކުން ގަވާއިދާއި ހިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކެނޑުމާއި އުފުރުމާއި ގުޅިގެން، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެ ކައުންސިލް ޖޫރިމަނާކޮށްފި އެވެ.

އީޕީއޭ އިން މިއަދު ބުނީ އެ ކައުންސިލް ޖޫރިމަނާކުރީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ ދަށުން ގަވާއިދާ އެއްގޮތަށް ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަ ކޮށްފައި ނުވާތީ ކަމަށެވެ.

އެގޮތުން، އެ ގަވާއިދަށް ރިއާޔަތްކޮށް މަނަދޫ ކައުންސިލް 20،000 ރުފިޔާއިން މިއަދު ވަނީ ޖޫރިމަނާކޮށްފަ އެވެ.

އަދި ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދައްކަން ވަނީ އަންގައިފަ އެވެ.

comment ކޮމެންޓް