ލ. އަތޮޅު ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގަންނަވައިފި

ރައީސް ސޯލިހު ހައްދުންމައްޗަށް ފުރާވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް

ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު މާލެ ވަޑައިގަންނަވައިފި އެވެ.

ރަައީސްގެ އެ ދަތުރުފުޅުގައި ވަނީ ކައްދޫ އާއި ގަމަށް ވަޑައިންނަވާފައެވެ.

ކައްދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ މަރުކަޒަށް ޒިޔާރަތްކުރައްވާ، ސިފައިންގެ އަސްކަރީ ތަމްރީނުގެ ޑިމޮންސްޓްރޭޝަންއެއް ވަނީ ބައްލަވާލައްވާފައެވެ.

އިއްޔެ ކައްދޫގައި ބޭއްވި ޑިމޮންސްޓްރޭޝަން އަކީ މިދިޔަ މަހުގެ 16 ފެށިގެން އިއްޔެގެ ނިޔަލަށް އެމްއެންޑީއެފްގެ ސިފައިން ހޯދާފައިވާ ހެވިކަމާއި ހުނަރުތައް ދައްކާލުމަށް ކުރިއަށް ގެންދިޔަ ޑިމޮންސްޓްރޭޝަނެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް ގަމަށް ވަޑައިންނަވާ ސަަރުކާރުން ކުރިއަށް ގެންދިޔަ ތިން މަޝްރޫއެއްގެ ނިމުން ފާހަގަކުރައްވާފައިވެއެވެ. އެއީ، ގަން ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ޚިދުމަތާއި ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅައިލުމުގެ އިތުރުން ގަމުގައި އަލަށް ޢިމާރާތްކޮށްފައިވާ ގަމު ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑު ހުޅުއްވުމުގެ މަސައްކަތެވެ.

ރައީސް ލ. އަތޮޅަށް ވަޑައިންނެވީ އިއްޔެ މެންދުރު ފަހުގައެވެ.

comment ކޮމެންޓް