އެއާ ސީޝެލްސްގެ ދަތުުރުތައް މާދަމާ ރާއްޖެއަށް ފަށަނީ

އެއާ ސީޝެލްސްގެ ފްލައިޓެއް --

އެއާ ސީޝެލްސް އިން ރާއްޖެއަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް މާދަމަ ފަށަން ނިންމައިފިއެވެ.

އެއާ ސީޝެލްސް އިން ރާއްޖެ އަށް ކުރާ ދަތުރުތަކުގައި ސައުތުއެފްރިކާގެ ޖޮހަނަސްބާގް އާއި ރާއްޖެ އާއި ގުޅުވާލާނެއެވެ. ފިނި މޫސުމާ ދިމާކޮށް ފަށާ މި ދަތުރުތައް ކޮންމެ ފަހްތާއެއްގެ ހޮނިހިރު ދުވަހު ބާއްވާއިރު ޖެނުއަރީ މަހުގެ ނުވައަކާއި ހަމައަށް ދަތުރުތައް ބާއްވާނެއެވެ.

މިއީ ސީޝެލްސް އަށް ދާން ބޭނުން ދިވެހިންނަށްވެސް ލިބޭނެ ފުރުސަތެކެވެ. ސީޝެލްސް އިންވެސް ވަނީ އެ ގައުމުގެ ބޯޑަރު ފަތުރުވެރިންނަށް ހުޅުވާލައިފައެވެ.

އެއާ ސީޝެލްސް އިން ދަތުރުކުރާ ފަސިންޖަރުންނަށް 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިން ނަތީޖާ ބޭނުންވާނެ އެވެ. ރާއްޖެ އަންނަ ފަތުރުވެރިންނަށް ބޭނުންވަނީ 96 ގަޑިއިރު ނުވާ ނަތީޖާއެކެވެ.

ރާއްޖެއަށް މިހާރު ދަތުުރުކުރާ އެއާލައިންތަކުގެ ތެރޭގައި ގަތަރު އެއާވޭސް، ޓާކިސް އެއާ، އެމިރޭޓްސް، އިއްތިހާދު، ފްލައި ދުބާއީ، އޭރޯފްލޯޓް، އެޑެލްވައިސް، އެއާ އިންޑއިާ، ގޯ އެއާ، އިންޑިގޯ، ސްޕައިސްޖެޓް އަދި ސްރީލަންކަންގެ އިތުރުން ލުފްތަންސާ، ބްރިޓިޝް އެއާ، ސިލްކް އެއާ އަދި އަޒުރް އެއާ ހިމެނެއެވެ.

ކުރިއަށް އޮތް ހަފްތާ ތަކުގެ ތެރޭގައި އިތުރު އެއާލައިންތަކުން ރާއްޖެއަށް ދަތުރު ފަށާނެއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ މިއަހަރަށް ކަނޑައަޅާފައިވާ 500،000 ފަތުރުވެރިންގެ ޓާގެޓް މިމަހުގެ 25 ގެ ނިޔަލަށް ހާސިލްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

comment ކޮމެންޓް