ކޮވިޑް19: މިއަދު ޕޮޒިޓިވްވީ 36 މީހުން، ރަނގަޅުވީ 153 މީހުން

ޖޫން 1، 2020: ނިއު ނޯމަލްގެ ފުރަތަމަ މަރުހަލާ ފެށުމާއިއެކު މާލޭ މަގުތަށް ބާރުބޮޑުުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި 24 ގަޑިއިރުގައި ނެގި 1،801 ސާމްޕަލް އިން 36 މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 32 މީހުންނާއި ރިސޯޓުތަކުން ފެނުނު ދެ މީހަކާއި، އަތޮޅުތެރޭގެ ރަށްތަކުން ފެނުނު ދެ މީހުންނެވެ.

އަލަށް ޕޮޒިޓިވްވި ކޭސްތަކާއެކު ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ޖުމްލަ ވަނީ މިހާރު 13،106 އަށް އަރާފައެވެ.

މިހާރު ފަރުވާދެމުންދާ މީހުންގެ އަދަދަކީ 898 އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދަނީ 86 މީހަކަށެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 153 މީހުން މިއަދު ރަނގަޅުވިއިރު، އެ ބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމްލަ ވަނީ މިހާރު 12،154 އަށް އަރާފައެވެ.

ކޮވިޑް19 ޖެހިގެން ރާއްޖެއިން މިހާތަނަށް 47 މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް