މާލޭ މަގުމަތިން ދެ އަންހެނަކަށް ޖިންސީ ގޯނާ ކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި

މާލޭ މަގުމަތި-- ސަން ފޮޓޯ: ފަޔާޒު މޫސާ

މާލޭ މަގުމަތީގައި ހިނގާފައި ދިޔަ ދެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާލޭ މަގުމަތިން ދިޔަ ދެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ އެއްވަނަ ދުވަހުގެރޭ 22:08 ހާއިރު ފުލުހުނަށް ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 54 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ޖިންސީ ގޯނާ ލިބުނު މީހުންގެ ތެރޭ ހިމެނޭ އަންހެނަކު އޭނާގެ ޓްވިޓާގައި ބުނެފައިވަނީ އެ ހާދިސާ ހިނގީ މާލޭ މަޖީދީމަގުގައި ކަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް