މިއަދު ޕޮޒިޓިވްވީ 21 މީހުން

ޖޫން 1، 2020: ނިއު ނޯމަލްގެ ފުރަތަމަ މަރުހަލާ ފެށުމާއިއެކު މާލޭ މަގުތަށް ބާރުބޮޑުުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި 24 ގަޑިއިރުގައި ނެގި 1،862 ސާމްޕަލް އިން 21 މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 20 މީހުންނާއި ރިސޯޓަކުން ޕޮޒިޓިވްވި މީހެކެވެ.

އަލަށް ޕޮޒިޓިވްވި ކޭސްތަކާއެކު ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ޖުމްލަ ވަނީ މިހާރު 13،070 އަށް އަރާފައެވެ.

މިހާރު ފަރުވާދެމުންދާ މީހުންގެ އަދަދަކީ 1،015 އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދަނީ 91 މީހަކަށެވެ.

އެ ބަލި ޖެހި އަދި އެ ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ މިހާރު 12،001 އަށް އަރާފައެވެ.

ކޮވިޑް19 ޖެހިގެން ރާއްޖެއިން މިހާތަނަށް 47 މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް