ރަޝިއާއިން ޖަޕާންގެ ސަރަަހައްދާ ކައިރީގައި އެޑްވާންސް މިސައިލް ޑިފެންސް ސިސްޓަމެއް ބަހައްޓައިފި

މިސައިލެއް--

ރަޝިއާއިން ޖަޕާންގެ ސަރަަހައްދާ ކައިރީގައި އެޑްވާންސް މިސައިލް ޑިފެންސް ސިސްޓަމެއް ބަހައްޓައިފި އެވެ.

ރަޝިއާ އިން ބަހައްޓައިފައި ވަނީ އެންމެ އެޑްވާންސް އެސް-300 ވީފޯގެ މިސައިލްއެކެވެ.

އެ މިސައިލް ބެހެއްޓި އިޓުރަޕް ކިޔާ ރަށަކީ ޖަޕާނާ ރަޝިއާއާ މިލްކުވެރިކަމުގައި މައްސަލަ ޖެހިފައިވާ ސަރަހައްދުތަކެއް ވެސްމެ އެވެ.

ދެވަނަ ބޮޑު ހަނގުރާމަ ނިމުމަށްފަހު ޖަޕާންގެ "ސަދާން ކުރިލެސް" ނަމަކަށް ކިޔާ އެރަށްތައް ސޯވިއަޓް ޔޫނިއަންގެ ބާރުގެ ދަަަށަށް ގެނައެވެ. ޖަޕާނުން އެރަށްތަކުގެ މިލްކުވެރިކަމަށް ދައުވާކުރަމުންދާއިރު އެ މައްސަލައިގައި ރަޝިއާއާ ޖަޕާންއާ ދެމެދު ވަނީ ސުލްހައިގެ ރަސްމީ އެއްބަސްވުމެއްވެސް އެކުލަވާނުލެވިފަ އެވެ.

އެ ރަށްތަކުގެ މައްސަަލަ ހައްލުކުރަން ޖަޕާންގެ ބޮޑުވަޒީރު ޝިންޒޯ އަބީވެސް މީގެ ކުރިން ރަޝިއާގެ ރައީސް ވުލަޑިމިއާ ޕުޓިންއާއެކު މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އެކަން ކޮޅެއްގައި ނުޖެހި އުޅެނިކޮށް އަބޭ މިދިޔަ އޮގަސްޓު މަހު ވަނީ އިސްތިއުފާ ދެއްްވައިފަ އެވެ.

ރަޝިއާއިން ބުނީ އެރަށްތަކުގައި މިސައިލް ޑިފެންސް ސިސްޓަމް ބެހެއްޓި އަސްކަރީ ފަރިތަކުރުންތައް ބޭއްވުމަށް ކަމަށެވެ.-- ރޮއިޓާސް

comment ކޮމެންޓް