ފައިސާއާ ގުޅޭ ކުށްތައް ހުއްޓުވުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި

ފައިސާ އާއި ގުޅޭ ކުށްތައް ހުއްޓުވުމަށް އެމްއޯޔޫގައި ސޮއިކުރުން--

ފައިސާ އާއި ގުޅޭ ކުށްތައް ހުއްޓުވުމަށް ނެޝަނަލް ސެންޓްރަލް ބިޔުރޯ، މާލެ އޮފް އިންޓަޕޯލް އާއި މަރުކަޒީ ބޭންކް އެމްއެމްއޭގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެންް ޔުނިޓާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މި އެމްއޯޔޫ އަކީ އެންޓި މަނީ ލޯންޑަރިން އާއި ކައުންޓާ ޓެރަރިޒަމް ފައިނޭންސިން އެފޯޓްސް އާއި ދެކޮޅަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށާއި އެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ސޮއިކުރި އެމްއޯޔޫ އެކެވެ.

އެގޮތުން ދެ އިދާރާ ގުޅިގެން ލިބެން ހުރި މައުލޫމާތުގެ އަލީގައި މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ފަދަ ކަންތައް ހުއްޓުވުމަށް މަސައްކަތް ކުރާނެ އެވެ.

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިިޓު ނުވަތަ އެފްއައިޔޫއަކީ މަނީ ލޯންޑަރިންގްއާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގައި އުފައްދާފައިވާ މިނިވަން ޔުނިޓެކެވެ.

comment ކޮމެންޓް