ސްކޫލު ދަރިވަރަކު ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވެއްޖެ

ރާއްޖޭގެ ސްކޫލެއްގައި ތައުލީމު ހާސިލް ކުރަމުން އަންނަ 15 އަހަރުގެ ފިރިހެން ކުއްޖަކު، އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ޗެޓު ލޮގްތަކުގައި އެ ފިރިހެން ކުއްޖާ ވަނީ، އަންހެން ކުއްޖަކު ރޭޕް ކުރިކަމަށް އެއްބަސްވެފައެވެ. އަދި އެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި މަސައްކަތް ކުރަމުންނެވެ.

މައްސަލައިގައި މީހަކު ކުރި ޓުވީޓަކަށް ޖަވާބުދެމުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެފަދަ މައްސަލަތަކަކީ މިނިސްޓްރީން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ މައްސަލަތައް ކަމަށާއި، އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު މައްސަލައަށް އެޓެންޑުވަމުން އަންނަ ކަމަށެވެ.

މި މައްސަލައިގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބު ވާގޮތް ވަނީ ނުވެފައެވެ.

comment ކޮމެންޓް