އިންޓާނަލް އޮޑިޓަރުންނަށް ހާއްސަ ޓްރެއިނިން އެއް ފިނޭންްސް އިން ފަށައިފި

އިންޓާނަލް އޮޑިޓަރުންނަށް ބޭއްވި ޓްރެއިނިންގެ ބައިވެރިން -- ފޮޓޯ: ފިނޭންސް

ދައުލަތުގެ މުއައްސަސާތަކުގެ އޮޑިޓިން ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ފިނޭންސުން "އިންޓާނަލް އޮޑިޓާރސް ޓްރޭނިންގް ޕްރޮގްރާމެއް" ފަށައިފި އެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބެޗު ނިންމާލާފައިވާއިރު މި ޕްރޮގްރާމުގެ މަގުސަދަކީ އިންޓާނަލް އޮޑިޓެއް ޕްލޭންކުރާނެ ގޮތާއި ހިރާސްތައް ދެނެގަންނާނެ ގޮތާއި އޮޑިޓްގެ ފީލްޑްވޯކް ކުރިއަށް ގެންދާނެ ގޮތާއި އޮޑިޓްގެ މަސައްކަތުގައި ވިސްނުން ބަހައްޓަންޖެހޭނެ ގޮތާއި އޮޑިޓް ރިޕޯޓް ލިޔުމުގައި ސަމާލުވާން ޖެހޭ ކަންތައްތައް ބަޔާންކޮށް މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރުން ކަމަށް ފިނޭންސް އިން ބުންޏެވެ.

މި ޕްރޮގްރާމްގައި ކިޔަވާދެވޭ ބައިތަކަކީ:
- ޕްލޭނިންގް އެންޑް ރިސްކް އެސެސްމަންޓް- އޮފީސް ޓްއާ
- ކްރިޓިކަލް ތިންކިންގް އެންޑް ޕްރޮފެޝަނަލް ސްކެޕްޓިސިޒަމް
- އޮޑިޓް އެގްޒެކިއުޝަން އެންޑް ފީލްޑްވާރކް –
- އިންޓަރނޭޝަނަލް ޕަބްލިކް ޕްރެކްޓިސް ފްރޭމްވަރކް
- އޮޑިޓް ރިޕޯޓް ރައިޓިން

މި ޓްރެއިނިންގައި ޖުމްލަ ހަތް ބެޗެއް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް