ބިމު ކުލި ބަލައިގަތުން ކައުންސިލްތަކަށް

މީރާ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ލާމަރުކަޒީ ގާނޫނަށް ގެނައި އަށް ވަނަ އިސްލާހާ އެކު މީރާ އިން މީގެ ކުރިން ބަލައިގަންނަމުން ދިޔަ ބިމު ކުލި ބަލައިގަތުން ކައުންސިލްތަކަށް ބަދަލުކޮށްފި އެވެ.

މީރާ އިން އިއްޔެ ބުނީ ބޮޑެތި މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ބަންޑާރަ ބިމުން ނަގާ ބިމު ކުއްޔަކީ ކައުންސިލްތަކަށް ލިބެން ޖެހޭ ފައިސާ ކަމަށް އެ ގާނޫނުން ކަނޑައަޅާފައިވާ ކަމަށެވެ.

އެހެންކަމުން އެލްޖީއޭގެ ލަފަޔާ އެކު އެފަދަ ބިންތަކުގެ ކުލީގެ ގޮތުގައި މީރާ އިން ބަލައިގަންނަމުން ދިޔަ ފައިސާ މާދަމާ އިން ފެށިގެން ބަލައިގަތުން ހުއްޓާލާނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.

އަދި މާދަމާ އިން ފެށިގެން އެ ކައުންސިލެއްގެ އިހުތިސޯސްގެ ތެރޭގައި ހިމެެނޭ ބިންތަކުގެ ކުލި ބަލައިގަންނާނީ އެ ކައުންސިލަކުން ކަމަށް ވެސް މީރާ އިން ބުންޏެވެ.

comment ކޮމެންޓް