ލޯބިވެރިޔާ ރަންބީރު ދިރިއުޅޭ އިމާރާތުން އާލިއާ އެޕާޓްމަންޓެއް ގަނެފި

ލޯބިވެރިޔާ ރަންބީރު ކަޕޫރު ދިރިއުޅެމުން އަންނަ ފްލެޓްގެ އެޕާޓްމަންޓުން ބަތަލާ އާލިއާ ބަޓް އެޕާޓްމަންޓެއް ގަނެފި އެވެ.

ޖުހޫގައި ވެސް އަމިއްލަ ފްލެޓެއް ހުންނަ އާލިއާ މިފަހަރު ގަތީ މުމްބާއީގެ ބެންޑްރާގައި ހުންނަ ތަނެކެވެ. އެ ފްލެޓްގެ ހަތް ވަނަ ފްލޯގައި ރަންބީރު ދިރިއުޅެމުން އަންނަ އިރު އާލިއާ ގަތީ އެ ފްލެޓްގެ ފަސް ވަނަ ފްލޯގައި ހުރި އެޕާޓްމަންޓެވެ. އޭނާ އެތަން ގަތީ 32 ކުރޯޑު ރުޕީސް އަށް ކަމަށް ޚަބަރުތައް ބުނެ އެވެ.

ކުޅަދާނަ އެކްޓަރު ރަންބީރު އާ އާލިއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ދެތަރިން ހާމަކުރީ 2018 ވަނަ އަހަރު އެވެ. ދެ މީހުން ކައިވެނީގެ އަޑު މިދިޔަ އަަހަރުން ފެށިގެން ވެސް ދައްކަމުން އައިއިރު އެމީހުން ކައިވެނިކުރަން ނިންމީ މިއަހަރުގެ މެއި މަހު އެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަން ފެތުރުމާ އެކު ކައިވެނި ކުރުން ފަސްކޮށްލީ އެވެ.

އާލިއާ އާ ރަންބީރު އެކުގައި ފެނިގެންދާ އެންމެ ފުރަތަމަ ފިލްމު "ބުރައްމަސްތުރާ" ރިލީޒްކުރަން ނިންމާފައި އޮތީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ނަމަވެސް އެ ތާރީޚުގައި ފިލްމު އެޅުވޭނެކަމަށް ނުބެލެވެ އެވެ.

comment ކޮމެންޓް