ތިން މަސް ފަހުންވެސް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް

ޑރ. އިބްރާހިމް އަފްޒަލް -- ފޮޓޯ: އެންއީއޯސީ

ކޮވިޑް-19 ޖެހި ރަނގަޅުވުމަށްފަހު ތިން މަހަށްފަހު އެ މީހަކު އަލުން ކޮވިޑް-19 ޖެހުމުގެ ފުރުސަތު އޮތް ކަމަށް ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

މިރޭ އެޗްއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ އެކްޓިވް ސާވެއިލެންސްގެ ތެރޭގައި ބައެއް ފަރާތްތަކުން މިހާރު ޖަވާބު ދެމުން ދަނީ ބަލިން ރަނގަޅުވިތާ ހަ މަސްދުވަސް ވުމުންވެސް ސާމްޕަލް ނަގަން ޖެހުމާ ގުޅޭގޮތުން ކަމަށެވެ.

"މިހާރު އޭގައި އަޅުގަނޑުމެން ބަލާގޮތަކީ ތިން މަސް ދުވަހޭ. އެހެންވީމަ ތިން މަސް ދުވަސް ފާއިތުވުމަށްފަހު އަނެއްކާވެސް އޭނާއަކީ ދެވަނަ ފަހަރަށް ބައްޔަށް ހުށަހެޅި، ބަލި ޖެހިދާނެ ފަދަ މީހެއް ކަމަށް އަޅުގަނޑުމެން މި ބަލަނީ،" އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެމީހެއްގެ ސާމްޕަލް ނެގުން މުހިއްމު ވާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"އެއީ އަޅުގަނޑުމެންނަށް އެ ބަލި ކިހިނެއްތޯ ހަގީގަތުގައިވެސް ތިން މަސްތޯ ވަނީ ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށްވެސް ބެލުމަށް އެވިޑެންސްތަކެއް މި ނެގެވޭ،" އޭނާ ވިދާޅުވިއެވެ.

ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ އެ ފަރާތްތަކުންގެ ސާމްޕަލް ނެގުމުގައި އާންމުންގެ ފާރާތުން އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް