އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު މަރުވެއްޖެ

ޑިސެމްބަރު، 20، 2019: މާލޭ ކޮޅުން ބުރިޖު ލައިޓް ކައިރީ އެކްސިޑެންޓެއް ހިނގާފައި -- ސަން ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް

ރޭ މާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 24 އަހަރުގެ ޒުވާނަކު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މަރުވެފައި ވަނީ ރޭ ދަރުމަވަންތަ ހޮސްޕިޓަލް ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ 24 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެކްސިޑެންޓްވި އިރު މަރުވި ޒުވާނާ އިނީ ސައިކަލުގެ ފަހަތުގައި ކަަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ އަމީނީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލުން ބޮޑުތަކުރުފާނު މަގަށް ނިކުތް ތަނުން ސައިކަލް ކޮންޓްރޯލް ނުވެ ރަސްފަނު ދުވާ ޓްރެކު މައްޗަށް ސައިކަލު އަރައިގެން ކަމަށެވެ.

އެކްސިޑެންޓް ހިނގި އިރު ސައިކަލް ދުއްވަން އިނީ 24 އަހަރުގެ ދިވެހި ޒުވާނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުުމުގެ ލައިސަންސް ނޯންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް